ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސަ: ފޮޓޯ/ ރާއްޖެއެމްވީ
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސަ: ފޮޓޯ/ ރާއްޖެއެމްވީ
ހަބަރު 29 Feb 2024 | 08:14

އިންތިޚާބު ފަސްކުރާ ބިލް ތަސްދީގު ނުކުރެއްވުމަކީ ރައީސުލްޖުމުހޫރިއްޔާ ގާނޫނު އަސާސީއާ ޚިލާފް ވުން: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސް ކުރާ ގޮތަށް އިންތިޚާބުތަކާއި ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު، ވަގުތުން ވަގުތައް ތަސްދީގު ކުރައްވަން ޖެހޭނެ ކަމަށާ، އެކަން ނުކޮށް ހުންނަވާ ހުންނެވުމަކީ ރައީސުލްޖުމުހޫރިއްޔާ ގާނޫނު އަސާސީއާއި ޚިލާފަށް ކުރައްވާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އިންތިހާބު ފަސްކުރާ ބިލް މިހާރު އޮތް ގޮތުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ފުށު އަރާ ކަމަށް ބުނެ ރައީސް އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވައިލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އަލުން ބިލް ފާސްކުރީ އިއްޔެއެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" އެވެ. އެހެންކަމުން މި ބިލް ތަސްދީގު ކުރަން ރައީސްއަށް މިހާރު މަޖުބޫރު ވާނެއެވެ.

އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، އެމްޑީޕީގެ "މިސްރާބު ހަަމަމަގަށް" ކެމްޕެއިން ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސަ ވިދާޅުވީ، އަނބުރާ ފޮނުވާލެވުނު ބިލި އަލުން އެގޮތަށް މަޖިލީހުން ފާސް ކުރުމުން މިހާރު އެ ގާނޫނަކަށް ވެފައިވާ ކަމަށެވެ. އަދި ބިލު ތަސްދީގު ކުރެއްވުމަށް އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒަށް ގޮވާލައްވާފައެވެ.

އަޅުގަނޑު ރައީސުލްޖުމުހޫރިއްޔާ އަށް ގޮވާލަން، އެ ބިލް ތަސްދީގު ކޮށް، އެ ގާނޫނަށް އަމަލުކުރެވޭނެ މަގުފަހި ކޮށްދިނުމަށް. މީގެ ކުރީގައި، މިފަދަ ހާލަތެއްގައި، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ވެސް ނިންމާފައި އެބައޮތް، އިންސާނީ ބާރު ނުފޯރާ، ގުދުރަތީ ކާރިސާއެއް ކުރިމަތިވެފައި އޮތް ހާލަތެއްގައި މެނުވީ، އެއްވެސް ލަސްކުރުމެއްނެތި ތަސްދީގު ކުރަން ވާނެ ކަމަށް. އެހެންވީމާ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި، އެކަހަލަ އެއްވެސް ސަބަބެއްނެތި، އެ ތަސްދީގު ނުކޮށް، މަޑު ކުރައްވައިގެން ހުންނަވާ ހުންނެވުމަކީ ގާނޫނު އަސާސީއާ ޚިލާފްވުން. އަދި ހަމަ އެއާއެކު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުގެ މައްޗަށް ނުފޫޒް ފޯރުވުން.

އަހުމަދު ޢީސާ

ޢީސާ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ކެންޕެއިންގެ ތެރެއިންވެސް އެންމެ ގިނައިން ވިދާޅުވި އެއް ބަސްފުޅަކީ ގާނޫނު އަސާސީއާއި ޚިލާފް ނުވާނެ ކަމަށް ވިދާޅުވަމުން ގެންދެވި ބަސްފުޅު ކަމަށެވެ. އެހެން ކަމުން، އެއާ އެއްގޮތަށް އަމަލުކޮށް އެ ބިލު ތަސްދީގު ކުރައްވަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.