މިނިސްޓަރު ޝަހީމް ސަޢުދީއަށް ފުރާވަޑައިގެންފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފި އެވެ.
މިއީ ސަޢުދީ ޢަރަބިއްޔާގެ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް އާލްޝައިޚްގެ ޚާއްސަ ދަޢުވަތަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި ކިންގު ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް ޤުރުއާން ކޮމްޕެޓިޝަންގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް