އިމްރާންގެ ހެޓްރިކާ އެކު ރުއްދަށް އެސްސީ އިން ގުޅުން ކަންމަތި ބަލިކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖް 1447 ގެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗުގައި ރުއްދަށް ސްޕޯޓްސް ކްލަބާއި ގުޅުން ކަންމަތި އެސްސީ ބައްދަލުކުރިމެޗް ރުއްދަށް ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.
ފޯރިގަދަ މި މެޗު ރުއްދަށް ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު މި މެޗުގައި ރުއްދަށް ސްޕޯޓްސް ކްލަބަށް އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ ހުސައިން އިމްރާނެވެ.

އިމްރާން ވަނީ މި މެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދައިފައެވެ. އިމްރާންގެ ތިން ލަނޑުގެ އިތުރުން ރުއްދަށް ސްޕޯޓްސް ކްލަބްގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުލް މުޤްސިދު އަދި މާއީޒް ވަހީދެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޙައްޤުކުރީ ހެޓްރިކް ހެދި ހުސައިން އިމްރާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް