ވަޒީރު ޝިޔާމް އަހާ ފޯރަމްގައި ވާހަކަދައްކަވަނީ- ފޮޓޯ/ ވޮއިސް
ވަޒީރު ޝިޔާމް އަހާ ފޯރަމްގައި ވާހަކަދައްކަވަނީ- ފޮޓޯ/ ވޮއިސް
ހަބަރު 28 Sep 2026 | 06:50

ޤަވާއިދުތައް އޮކްޓޫބަރުގައި ނިންމައި މެރިކަލްޗާ ފުޅާކުރުމުގެ މަސައްކަތް ފެށޭނެ: ޝިޔާމް

ފަޅުރަށްރަށާ ބެހޭ އައު ޤާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ޤަވާއިދުތައް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ނިންމައި، މެރިކަލްޗާއަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތައް ހުޅުވައިލުމުގެ މަސައްކަތް ފެށޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބޭއްވި "އަހާ" ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި އުފެއްދެން ހުންނަ ބާވަތްތައް ބޭރުން އެތެރެކުރުން މަދުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ސިޔާސަތު ކަމަށެވެ.

އަދި މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ދަނޑުވެރިކަމާއި މެރިކަލްޗާގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާކަމަށާ، އެ ދައިރާއިން އިންވެސްޓްމެންޓް ހޯދުމަށް މިފަހުން ތަސްދީޤު ކުރެވުނު ފަޅުރައްތަކާއި ބެހޭ އައު ޤާނޫނުން ހައްލުތަކެއް ހޯދާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އައު ޤާނޫނާއިއެކު އެކަމަށް ވާނެ އެޑްރެސްކޮށްފައި. ހާއްސަކޮށް އިމްޕޯޓް ރިޕްލޭސް ކުރަން ބޭނުންނަމަ، އިންޕޯޓް ކުރާ މިންވަރު ދަށް ކުރަން ބޭނުންނަމަ އިންވެސްޓމެންޓްތަކަށް ޖާގަަ ދޭންޖެހޭ. އަދި ދިވެހިރާޢްޖެއިން ބޭރުވާ ބޭރުފައިސާ އެބަހިފެހެއްޓޭ. ބޮޑެތި އިންވެސްޓްމެންޓްތައް އެބައާދޭ. އެހެންވެ ލުއިތައް ދީގެން އިންވެސްޓްމެންޓްތައް ގިނަ ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ. " ޝިޔާމް ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުން މެރިކަލްޗާ ތަރައްޤީކުރުމަށް 13 ސަރަޙައްދެއް ކަނޑައަޅާފައިވާއިރު، އެ ސަރަޙައްދުތަކުގައި މަޝްރޫޢުތައް ހިންގުމަށް ޝައުޤުވެރިކަން ފާޅުކޮށް ގިނަ ޢަދަދެއްގެ ޕްރޮޕޯސަލްތައް މިހާރުވެސް ވުޒާރާއަށް ލިބިފައިވާ ކަމަށް ޝިޔާމް ހާމަކުރެއްވިއެވެ. ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ފުރިހަމަވުމުންނެވެ.

"ޤާނޫނަށް ޢަމަލުކުރަން ފެށި ޤަވާއިދުތައް ނިމޭއިރު އެ ސަރަޙައްދުތައް ވެސް ހުޅުވާލެވޭނެ. މީގެ ކުރިން އަޅުގަނޑުމެންނަށް ލިބިފައި ހުރި ޕްރޮޕޯސަލްތަކުގެ އިވެލުއޭޝަން ފެށެން އޮތީވެސް ޤަވާއިދު ނިމިގެން. އަޅުގަނޑުމެން އަމާޒު ހިފަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޤަވާއިދުތައް ނިންމައި ލިބިފައި ހުރި އަދި އަލަށް ލިބޭ ޕްރޮޕޯސަލްތަކާއެކު ކުރިއަށްދާން،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މީހުން ދިރިއުޅޭ 10 ރަށަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ފެށިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.