މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވަން ހިސާން ނިންމަވައިފި
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ޢިއުލާން ކުރައްވައިފިއެވެ.
ހިސާން މިފަދައިން އިއުލާން ކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އާ އަހަރެއްގެ ހެޔޮ އެދުންތައް ފޮނުއްވަމުން ހިސާން ކުރެއްވި ޕޯސްޓްގައި ވަނީ ތުޅާދޫ ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތުން އޭނާ އަށް ދެއްވި ފުރުސަތަށް އެ ދާއިރާގެ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރައްވާފައެވެ.
"ކުރިއްޔަށް އޮތްތަނުގައިވެސް އެމް.ޑީ.ޕީ.އާ އެކު ހުންނާނެކަމުގެ ޔަގީންކަން އަރުވަމުން, 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތި ނުލާން ނިންމާފައިވާކަމުގައި ދަންނަވަން. އުންމީދަކީ މާތް اللهގެ ވާގިފުޅާއެކު އަބަދުވެސް ރައްޔިޔުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން."
ހިސާން ވިދާޅުވިއެވެ.
ހިސާން ވަނީ އެ ދާއިރާގެ ރައްޔިތުންގެ އިތުރުން އޭނާ ގެ މަސައްކަތުގެ އެހީތެރިވެދެއްވި އާއިލާއާއި، ޓީމް މެންބަރުންނާއި އެންމެހައި ބޭފުޅުންނަށް އިހްލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް