އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުން ހިސާން އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސައިން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ހިސާނަކީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލުކުރެއްވި މެންބަރެކެވެ. އެމްޑީޕީގެ ނައިބު ރައީސްކަމަށް އޭނާ އައްޔަނުކުރީ 2024 ވަނަ އަހަރުގެ ޖުލައި 24 ގައި އޭރު ޕާޓީގެ ރައީސްކަމުގައި ހުންނެވި ޢަބްދުالله ޝާހިދުގެ އިސްނެންގެވުމުގެ މަތީންނެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝާހިދު މިފަހުން ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވާ އިރު ހިސާން ތާއީދުކުރައްވަނީ ޝާހިދަށެވެ.
ހިސާންގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
ހިސާންގެ ކުރިން ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަޙުމަދު ޢަބްދުالله ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާ ދެއްވީ ޝާހިދުގެ ޕްރައިމަރީ ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމުގެ ބޭނުމުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް