މާލެއަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާލެއަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި، މާލޭގެ ބޮޑުބަޔެއްގަައި ފެންބޮޑުވެއްޖެއެވެ.
މިއަދު ހެނދުނު 11 ޖެހިއިރުއްސުރެ ވާރޭ ވެހެމުންދާއިރު، އައިޖީއެމްއެޗް އަދި އަމީނީ މަގު ފަދަ ސަރަހައްދުތަކުގައި ދެފޫޓެއްހާ އުސްކޮށް ވަނީ ފެންބޮޑުވެފައެވެ. މީގެ ސަބަބުން އެ ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅުމަށާއި ދުއްވާ ތަކެތި ދުއްވުމަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިހާރު ވަނީ ކ. އަތޮޅާއި އ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓު ނެރެފަ އެެވެ. އަދި ހއ އަތޮޅާއި އ. އަތޮޅުގެ ދެމެދަށް ވައިޓް އެލާޓެއް ވެސް ނެރެފައިވެއެވެ.
މާލޭގެ ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތުދީފައެވެ.
ވޮއިސްއަށް މަައުލޫމާތު ލިބިފައިވާ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބައެއް ސަރަހައްދުތަކުގައިވެސް ވަނީ ކުޑަކޮށް ފެންބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް