ސަލަފާއި އެޗްޑީސީ ގުޅިގެން ދަރުހެއް ބާއްވަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޖަމިއްޔަތުއްސަލަފާއި އެޗްޑީސީ ގުޅިގެން ހާއްސަ ދަރުހެއް ބޭއްވުމަށް ނިންމައިފި އެވެ.
އެ ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ފޭސް ދޭއް ރުއްގަނޑު ތިނެއް ސަރަހައްދުގަ އެވެ. ދަރުސް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30 ގަ އެެވެ.

ދަރުސް ބާއްވަނީ "ފޭރާން" މި ނަމުގަ އެވެ. ދަރުސް ދެއްވާނީ ސަލަފުގެ ނާއިބު ރައީސް އައްޝައިހް އަހްމަދު ސަމީރު އެވެ.
މި ދަރުސް ގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން އެޗްޑީސީ އާއި ސަލަފުން ވަނީ އެދިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް