އެމްޑީޕީ ކޮންގްރެސް
އެމްޑީޕީ ކޮންގްރެސް
ހަބަރު 03 Oct 2026 | 09:26

އިސްލާހްތައް ގަނޑުކޮށް ފާސްކުރަން ހުށަހަޅައިފިނަމަ ޕާޓީ ނިކަމެތިވެދާނެ: ސައްޕެ

އެމްޑީޕީގެ އަސާސީ ޤަވާއިދަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހުށަހަޅުއްވާފައިވާ އިސްލާހްތައް ގަނޑުކޮށް ފާސްކޮށްފިނަމަ ޕާޓީއަށް އިތުރު މައްސަލަތަކެއް ކުރިމަތިވެދާނޭކަމަށް ހެންވޭރު އުތުރު ގޮފީގެ ރައީސް އަޙްމަދު ޝަފީޤް (ސައްޕެ) ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ފައްޔާޒް ހުށަހަޅުއްވާފައިވާ އިސްލާހްތަކާ ގުލޭގޮތުން މެމްބަރުން ހިޔާލްފާޅުކުރުމަށް ދ8ިން ފުރުސަތުގައި ވާހަކަދައްކަވަމުން ސައްޕެ ވިދާޅުވީ އިސްލާހްތައް ގަނޑުކޮށް ފާސްކޮށްފިނަމަ ޕާޓީއަށް ނިކަމެތި ގޮތްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ތާރީޚުގައި މިއީ އޭނާ ބައިވެރިވާ ހަތަރުވަނަ ކޮންގްރެސް ކަމަށާއި، ޕާޓީ ތެރޭގައި ކަންކަން ހިނގާފައިވާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީ ކޮންގްރެސްގެ ތެރެއިން

ފައްޔާޒް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ރަނގަޅު ކަންތައްތަކެއް ހުރި ނަމަވެސް، އެ ހުރިހާ އިސްލާހުތަކެއް އެއް ޕެކޭޖެއްގެ ގޮތުގައި ގަނޑުކޮށް ވޯޓަށް އަހައި ފާސްކުރުމަކީ ޕާޓީއަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށް ސައްޕެ ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ގަނޑުކޮށް އިސްލާހުތައް ފާސްކުރަން އުޅުމަކީ އޭގެ ފަހަތުގައި ހީލަތްތެރިކަމެއް އޮތް ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އެހެންކަމުން، އިސްލާހުތަކަށް ވަކިވަކިން ވޯޓަށް އެހޭނެ ގޮތަށް އިންތިޒާމުތައް ބަދަލުކުރުމަށް އޭނާ ގޮވާލެއްވިއެވެ.

މީގެއިތުރުން، ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަޤާމު އުވާލައި، ހުރިހާ ބާރުތަކެއް އެއް މަޤާމަކަށް ޖަމާވާ ގޮތަށް ގެންނަ ބަދަލުތަކަށް ސައްޕެ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވިއެވެ. އޭނާ ވިދާޅުވީ ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަޤާމަކީ ކުރީގެ ކޮންގްރެސްތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، ފަންނީ އެތައް ބޭފުޅުންނެއްގެ މަޝްވަރާއާއެކު އަސާސީ ޤަވާއިދުގައި ހިމަނާފައިވާ މުހިންމު މަޤާމުތަކެއް ކަމަށެވެ.

އަޅުގަނޑުމެން ވަރަށް ދެކޮޅު ކަމެއް ޕާޓީގެ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރުމަކީ. އެ ހުރިހާ ބާރުތަކެއް އެކަކަށް ހަވާލުކުރާ ވާހަކަ މި ދައްކަނީ. މިއީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން. މި ޕާޓީއަކީ ޑިމޮކްރެޓިކް ޕާޓީއެއް

ޝަފީގް

ޕާޓީ އުފެދިގެން އައި ދުވަސްވަރު ޕިކަޕް ބުރެއް ޖަހައިގެންނާއި އެކި ގޮތްގޮތުން ޕާޓީގެ ކުރިއެރުމަށް ކުރި ބުރަ މަސައްކަތްތައް ހަނދާން އައުކުރައްވަމުން ސައްޕެ ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކާއި ހެޔޮވެރިކަމުގެ އަސާސްތައް ހަލާކުވެގެންދާ ގޮތަށް ޕާޓީގެ އަސާސީ ޤަވާއިދު ބަދަލުކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ދައުލަތް ހިންގުމުގައްޔާއި ޕާޓީގެ ކަންކަމުގައި ޤާނޫނު އަސާސީއާއި ޑިމޮކްރަސީގެ އަސާސްތަކަށް އިޙުތިރާމްކޮށް، ވަކިވަކި މާއްދާތަކަށް ވަކިން ބަހުސްކޮށް ވޯޓަށް އެހުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.