އެސްޓީއޯ އިން ފިޔާ ކިލޯއެއް 13ރ އަށް، އަންނަ ހަފްތާގައި ހޯލްސޭލުކޮށް ފިޔާ ދޫކުރާނެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެސްޓީއޯ އިން ފިޔާ ވިއްކަމުންދާ އަގަކީ ކުރިންވެސް ވިއްކަމުންދިޔަ އަގު ކަމަށްވާ 13ރ އަށް ކިލޯއެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން މިރޭ ބުނީ ފިޔާ ލިބުމުގައި ދަތި ކަމެއް އުޅޭ ކަމަށާއި އަގުބޮޑުކޮށް ފިޔާލިބޭކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގެ އެކި މަންސަތަކުން އެ ކުންފުންޏަށް ދަނީ ލިބެމުން ކަމަށެވެ.
އެހެންނަމަވެސް ކުރިއެކޭ އެއްގޮތަށް އެސްޓީއޯގައި ފިޔާ އެބަހުރި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެސްޓީއޯ އިން ފިޔާ ވިއްކަމުންދާ އަގަކީ ކުރިން ވެސް ވިއްކަމުންދިޔަ އަގު ކަމަށްވާ 13ރ އަށް ކިލޯއެއް ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން މި އަންނަ ހަފްތާގައި ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެ އެވެ. އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް ވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ޓަކައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެމްޕީއެލް އިން މިއަދު ވަނީ ގިނަ އަދަދެއްގެ ފިޔާ އަދި ބޭސް ކުލިއާ ކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް