ރިޔާާޒު ރަޝީދު ޖޭޕީއަށް ސޮއިކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ރިޔާޒް ޖޭޕީއަށް ސޮއިކުރެއްވީ މިރޭ އެޕާޓީގެ މައިޖަގަހަ ކަމުގައިވާ މ.ކުނޫޒުގައި އޮތް ޚާއްސަ ހަފްލާއެއްގައެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާޒްގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ، އެޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްއެވެ.
ރިޔާޒް ރަޝީދު މިހާތަނަށް ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް އެކެއް ފެބްރުއަރީގެ ހުކުމާއި އެކު ރިޔާޒް ރަޝީދު ޕީޕީއެމްގެ ހަރަކާތްތަކުން ފެނިފައިވަނީ ވަރަަށް މަދުންނެވެ.
ރިޔާޒް ޕީޕީއެމްއަށް ސޮއިކުރެއްވުމާއި އެކު، މަޖިލީހުގައި ޖޭޕީގެ މެންބަރުންގެ އަދަދު ވަނީ ވިއްސަށް އަރާފައެވެ. މިއީ އެމްޑީޕީއަށްވުރެ އެއް ގޮނޑީގެ ގޮތުން ބޮޑު އަދަދެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް