ފިނޭ އާއި ވައިކަރަދޫ ވާދަކުރި މެޗުގެ ތެރެއިިން... ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ފިނޭ އާއި ވައިކަރަދޫ ވާދަކުރި މެޗުގެ ތެރެއިިން... ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ކުޅިވަރު 24 Jan 2024 | 23:00

ފަހުވަގުތު ކާމިޔާބުކުރި ދެލަނޑާއެކު ފިނޭ ބަލިކޮށް ވައިކަރަދޫ ކުއާޓާ ފައިނަލަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ހދ. އަތޮޅުގެ އަތޮޅު ބުރު ގުރޫޕް ދޭއްގައި ބުދަދުވަހުގެ ރޭ 2-1 ގެ ނަތީޖާއަކުން ފިނޭ ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވައިކަރަދޫ އިން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގައި ވައިކަރަދޫ އިން ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން މަކުނުދޫ އަތުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ހަނިމާދޫ އަތުން އެޓީމު ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ފިނޭގެ ފުރަތަަމަ މެޗުގައި ހަނިމާދޫ އަތުން 4-0 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި މަކުނުދޫ އާއި ވާދަކޮށް ވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ފިނޭ އިންނެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު އަފްރާހް އެވެ.

ވައިކަރަދޫ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ އަރީޝް އެވެ. އަދި ޖެހިގެން އައި މިނެޓުގައި އެޓީމުގެ އަހުމަދު ރައުޝާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ވައިކަރަދޫ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވައިކަރަދޫ ޓީމުގެ އަހުމަދު ރައުޝާން އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ވައިކަރަދޫއަށް 6 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދީ ލަނޑު ތަފާތުން ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިމެޗުން ބަލިވި ފިނޭ އިން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު ގުރޫޕްގެ ފުލުގައި އޮވެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި ޖުމްލަ 129 ޓީމަކުން މިއަހަރު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ހދ. އަތޮޅުން 11 ޓީމު ބައިވެރިވެފައިވާއިރު، މިއަތޮޅުގެ އަތޮޅުބުރު ކުރިއަށް ދަނީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭއިރު، ތިންވަނައަށް ދާ ޓީމު ތަކުގެތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް ވެސް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެއެވެ. އަދި އަތޮޅު ބުރުގެ ފައިނަލަށް ހޮވޭ ދެޓީމަށް މުބާރާތުގެ ޒޯނު ބުރުން ފުރުސަތު ލިބިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
10 Sep 2026 ކުޅިވަރު

ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި

"މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި މިއަދު ހަވީރު ފިނޭ އާއި ކެލާ ބައްދަލުކުރިމެޗް ފިނޭ ކާމިޔާބުކޮށްފިއެވެ. ކެލާގެ މައްޗަށް މި މެޗްގައި ފިނޭއިން ކުރި ހޯދީ ވަރަށް ވާދަވ...

މުރައިދޫ އާއި ފިނޭ ބައްދަލުކުރިމެޗް ފިނޭއަށް
05 Sep 2026 ކުޅިވަރު

މުރައިދޫ އާއި ފިނޭ ބައްދަލުކުރިމެޗް ފިނޭއަށް

މުރައިދޫގައި އިއްޔެ ފެށި "މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތް 2026 ގެ ދެވަނަ މެޗް މުރައިދޫ އާއި ފިނޭ ބައްދަލުކުރިމެޗް ފިނޭ ކާމިޔާބުކޮށްފިއެވެ. ކުރިން ހީކުރި ގޮތާ ހިލާފަށް ...

ހިތްވަރާއެކު އެނބުރި އައިސް، ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް
15 Feb 2026 ކުޅިވަރު

ހިތްވަރާއެކު އެނބުރި އައިސް، ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް

ގއ.ދެއްވަދޫ ބަލިކޮށް އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް ހދ.ނައިވާދޫ ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދީ، ފައިނަލުގައި ރޭ ކުޅުނުމެޗް 9-3 ގެ ނަތީޖާއިން ކުރި...

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް؛ އައްޑޫގެ ޗެމްޕިއަންކަން މިފަހަރުވެސް ހިތަދޫއަށް
19 Jan 2026 ކުޅިވަރު

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް؛ އައްޑޫގެ ޗެމްޕިއަންކަން މިފަހަރުވެސް ހިތަދޫއަށް

މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އައްޑޫ ޒޯނުގެ ޗެމްޕިއަންކަން ހިތަދޫ ހޯދައިފިއެވެ. އައްޑޫ ސަރަހައްދުގެ ޗެމްޕިއަންކަން ހިތަދޫ ހޯދީ ފައިނަލުގައި ވާދަވެރި މަރަދޫއާ ދެކޮޅަށް ކުޅުނ...

ގޯލްޑަން ޗެރިޓީ ޝީލްޑް އޭދަފުއްޓަށް
04 Jan 2026 ކުޅިވަރު

ގޯލްޑަން ޗެރިޓީ ޝީލްޑް އޭދަފުއްޓަށް

ކާށިދޫ ބަލިކުރުމަށްފަހު، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗް އޭދަފުށި ކާމިޔާބުކިށްފިއެވެ. މުބާރާތުގެ ޗެރިޓީ ޝީލްޑް މެޗް އޭދަފުށި ކާމިޔާބުކޮށްފައިވަނީ ރެހެނދި ފުޓްސަލް ދަނޑުގައި ކުޅުނުމެޗް ...

ރައީސް ދެއްވީ ރައްޔިތުން އެދޭގޮތަށް ފިނޭ ބަނދަރުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް
24 Aug 2025 ހަބަރު

ރައީސް ދެއްވީ ރައްޔިތުން އެދޭގޮތަށް ފިނޭ ބަނދަރުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް

ހދ. ފިނޭގައި މިހާރު ކުރިއަށްދާ ބަނދަރު ތަރައްގީ ކުރުމުގެ މަަޝްރޫއުއަށް ގިނަ ބަދަލުތަކެއް ގެނަސްދިނުމަށް ރައްޔިތުން އެދިވަޑައިގެންފައިވާ ކަމަށާ ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ، ރައްޔިތުން އެދިވ...