ކުރީގެ ރައީސް ޔާމީން- ފޮޓޯ/ ޕީއެންއެފް
ކުރީގެ ރައީސް ޔާމީން- ފޮޓޯ/ ޕީއެންއެފް
ހަބަރު 29 Sep 2026 | 10:27

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ ދިފާއީ ހެކިތައް ގަބޫލުނުކުރަން ދައުލަތުން އެދިއްޖެ

ވ. އާރަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދަޢުވާގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިތައް ބަލައިނުގަތުމަށް ދައުލަތުން މިއަދު ޝަރީޢަތުގައި އެދިއްޖެއެވެ.

މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި ޕްރީ ޓްރަޔަލް އަޑުއެހުމުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން ތަޙުޤީޤު މަރުޙަލާގައި ސުވާލުކުރުމުން އެމަނިކުފާނު ހަނު ހުންނެވި ކަމަށެވެ.

ނަމަވެސް ޝަރީޢަތުގެ މަރުޙަލާގައި އެ ފައިސާއަކީ ޑޮލަރު މާރުކުރުމުގެ މުޢާމަލާތަކުން ލިބުނު ފައިސާ ކަމަށް ވިދާޅުވެ ހެކި ހުށަހެޅުއްވީ ޤާނޫނުގެ 47 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ކަމަށް ދައުލަތުން ބުނެފައިވެއެވެ.

އެހެން ކަމުން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިންވެސް ގަބޫލު ނުކުރަން ދައުލަތުން ވަނީ އެދިފައެވެ.

އެގޮތުން ގަބޫލު ނުކުރަން އެދިފައިވަނީ؛

އަހުމަދު ނަރީޝް (މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު / ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު)

އަބްދުالله ރަޝީދު

މުހައްމަދު އިސްމާއީލް (ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު)

މުހައްމަދު ޝާހިދު (ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު)

ޑޮލަރު މާރުކުރިކަން ބަޔާންކޮށްދޭ ލިޔުން

ދައުލަތުގެ ހުއްޖަތް

ރައީސް ޔާމީންގެ ވަކީލުން ރައްދުގައި ވިދާޅުވީ ފުލުހުން ހާޒިރުކުރީ ކުރީން އެންގުމަކާ ނުލައި ކަމަށާ، އެފަދައިން ހާޒިރު ކުރުމުން މާލީ މުޢާމަލާތްތަކާ ގުޅޭ ގޮތުން ސުވާލުކުރާ ހާލަތެއްގައި ކޮންމެ މީހަކު ވެސް އެކަމުން ސަލާމަތްވާން ބޭނުންވާނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ހަނު ހުރުމުން އެ މާއްދާގެ ނާޖާއިޒް ފައިދާ ދައުލަތަށް ނެގޭނެ ކަމަށް ނުދެކެވޭނެ ކަމަށެވެ.

ދެ ފަރާތުގެ ހުށަހެޅުންތަކަށްފަހު ގާޒީ ވަނީ އަންނަ މަހު 12 ގައި ފުއްގިރި މައްސަލައިގެ އަޑުއެހުމަކަށް ފަހު އާރަށު މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިޢުލާނުކުރައްވައި މި އަހަރު ތެރޭގައި މައްސަލަ ނިންމައިލައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.