ރައީސް އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ މުޝީރުގެ މަގާމުން ނަސީރު އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ މުޝީރު އާދަމް ނަސީރު އިބްރާހީމް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެކަން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވަނީ އިއުލާނު ކުރައްވާފަ އެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ކުރީގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދިވެހިބަހާއި ގައުމިއްޔަތާބެހޭ މުޝީރުގެ މަގާމަށް އައްޔަނުކުރެއްވީ އިއްޔެ ކަމަށް އެނގިފައިވެ އެވެ. ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.
ނަސީރު އެ މަގާމަށް އައްޔަނުކުރެއްވީ މިނިސްޓަރު ފެންވަރުގައި ކަމުގައި ރައީސް އޮފީހުން މިއަދު ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް