ފްލެޓް ލިބުނު ކަމަށްބުނެ، އޮޅުވާލައިގެން މީހެއްގެ އެކައުންޓުން ދެ ލައްކަ ރުފިޔާ ނަގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ފުލެޓެއް ލިބިއްޖެ ކަމަށް ބުނެ މީހެއްގެ އެކައުންޓުގައި ހުރި ދެ ލައްކަ ރުފިޔާ މަކަރާއި ހީލަތުން ނަގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގއ. ވިލިނގިލީގައި އެޗްޑީސީން ފްލެޓެއް ލިބިއްޖެ ކަމަށް ބުނެ، އޮޅުވާލައިގެން އެ ރަށު މީހެއްގެ ބޭންކް އެކައުންޓުން 200،000ރ. މަކަރާއި ހީލަތުން ނަގާފައިވާ މައްސަލައެއް އިއްޔެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް