ސްޓާމާ
ސްޓާމާ
ދުނިޔެ 19 Mar 2026 | 05:46

އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން މަސައްކަތް ކުރަނީ މުސްލިމުންނާމެދު ނަފްރަތް އުފެއްދުމަށް: ސްޓާމާ

އިނގިރޭސިވިލާތުގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމުގެ މަސައްކަތްކުރަމުންދާ ކަމަށްބުނެ ބޮޑުވަޒީރު ކެއަރ ސްޓާމަރ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސްޓާމަރ މިފަދައިން ވިދާޅުވީ، ކޮންޒަވޭޓިވް ޕާޓީގެ އިސް މެންބަރެއް ކަމަށްވާ ނިކް ޓިމޮތީ، ލަންޑަނުގެ މޭޔަރު ސާދިގު ޚާން ބައިވެރިވެވަޑައިގެން އާއްމު ތަނެއްގައި ބޭއްވި އިފްތާރުއަކާ ގުޅޭގޮތުން ކުރި ޓްވީޓަކާ ގުޅިގެންނެވެ.

އެގޮތުން، ލަންޑަނުގެ ޓްރަފަލްގާ ސްކުއަރގައި ބޭއްވި މި އިފްތާރަށްފަހު މުސްލިމުން ނަމާދުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރަމުން، އާންމު ތަންތަނުގައި ޖަމާއަތުގައި ނަމާދުކުރުމަކީ "ގަދަބާރު ދެއްކުމުގެ އަމަލެއް" ކަމަށް ޓިމޮތީ ވަނީ ސިފަކޮށްފައެވެ.

އަދި އާންމު ތަންތަނަށް ގަދަވެގަތުމަކީ "އިސްލާމިސްޓުންގެ" އުކުޅެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެކަމާ ގުޅިގެން މަޖިލީހުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ސްޓާމަރ ވަނީ، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް އަރިހުން ޓިމޮތީ މަގާމުން ވަކިކުރުމަށް ގޮވާލައްވާފައެވެ.

ސްޓާމަރ ވިދާޅުވީ، މުސްލިމުން ނަމާދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނާ މީހަކު އޭނާގެ ޓީމުގައި ހުރިނަމަ، ވަގުތުން ވަކިކުރާނެ ކަމަށެވެ. "އަހަރެންނަށް ފެންނަނީ ކޮންޒަވޭޓިވް ޕާޓީން މުސްލިމުންގެ ހަރަކާތްތަކަށް ފާޑުކިޔާތަން. މީގެން ދޭހަވަނީ އެ ޕާޓީގައި މުސްލިމުންނާ މެދު މައްސަލަތަކެއް ހުރިކަން،" ސްޓާމަރ ވިދާޅުވިއެވެ.

ނަމަވެސް، ކެމީ ބޭޑެނޮކް ވަނީ ޓިމޮތީގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ޓިމޮތީ މަސައްކަތްކުރީ އެގައުމުގެ އުސޫލުތައް ދިފާއުކުރުމަށް ކަމަށެވެ.

މި މައްސަލައިގައި ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ އިސް ބައެއް މެންބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބަރޮނެސް ސައީދާ ވަރްސީ ވިދާޅުވީ، މިފަދަ ވާހަކަތަކުގެ ސަބަބުން އިނގިރޭސި މުސްލިމުންނަށް އެގައުމުގައި ބަލައިނުގަންނަ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

ދީނީ އިލްމުވެރިންނާއި އިމާމުންވެސް ވަނީ ޓިމޮތީގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް މިސްކިތުގެ އިމާމް ގާރީ އާސިމް ވިދާޅުވީ، ބަންގިއަކީ "ގަދަބާރު ދެއްކުމެއް" ނޫން ކަމަށާއި، އެއީ އަޅުކަމަށް ގޮވައިލާ ދައުވަތެއް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ނުރައްކަލެއްގެ ގޮތުގައި ސިފަކުރުމަކީ މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމަށް ދެވޭ ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލަންޑަނުގެ މޭޔަރު ސާދިގު ޚާން ޓްވިޓަރގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލަންޑަނަކީ ހުރިހާ ދީންތަކެއްގެ މީހުންނަށްވެސް އޮތް ތަނެއް ކަމަށާއި، އެކި ދީންތަކުގެ މުނާސަބަތުތައް އެ ސިޓީގައި ފާހަގަކުރަމުންދާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ
20 Oct 2026 ދުނިޔެ

އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ

އިނގިރޭސިވިލާތުން ބުނެފައިވާ ގޮތުގައި، އެ ގައުމުން ފޮނުވާނީ ރޯޔަލް އެއާ ފޯސް )އާރްއޭއެފް(ގެ ވޮއޭޖަރ މަރުކާގެ، ވައިގައި ހުރެ އެހެން މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ ބޯޓެކެވެ. މި އެހީ ދެނީ ސައުދީ ސަރުކާރުން އެދިވަޑައިގަތުމުން، ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް ސައުދީން ކުރިއަށް ގެންދާ ދިފާއީ މަސައްކަތްތަކަށް އެހީތެރިވުމަށެވެ.

ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
08 Oct 2026 ދުނިޔެ

ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި

ތެލުގެ އަގު ބޮޑުވަމުންދާ މައްސަލައިގައި ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ގޫގުލް މެޕްސް މެދުވެރިކޮށް ޕެޓްރޯލާއި ޑީސަލް އެންމެ އަގުހެޔޮކޮށް ވިއްކާ ތަންތަނުގެ މައުލޫމާތު ހޯދޭނެ އިންތިޒާމް މިއ...

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި
30 Sep 2026 ދުނިޔެ

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި

އެމެރިކާ އާއި އިނގިރޭސި ސިފައިން އިރާގްގައި ގާއިމްވެ ތިބޭތާ 12 އަހަރުފަހުން އެޤައުމު ދޫކޮށް ގޮސްފިއެވެ. އުތުރު ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދުގެ އިރުބީލުގައި ތިބި އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 100 ...

ޗާގޯސް ޑީލް ރަނގަޅެއް ނޫން؛ އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެ މައްސަލަ އަލުން ބަލާނެ ކަމަށް އުއްމީދުކުރަން: ޓްރަމްޕް
23 Sep 2026 ދުނިޔެ

ޗާގޯސް ޑީލް ރަނގަޅެއް ނޫން؛ އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެ މައްސަލަ އަލުން ބަލާނެ ކަމަށް އުއްމީދުކުރަން: ޓްރަމްޕް

ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި، އެމެރިކާގެ ރައީސް ޑޮނ...

ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ދިފާޢީ ދާއިރާއިން ޤާބިލުކަން އިތުރުކުރަން އެހީވާނެ ކަމުގެ ޔަގީންކަން އިނގިރޭސިވިލާތުންދީފި
18 Sep 2026 ހަބަރު

ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ދިފާޢީ ދާއިރާއިން ޤާބިލުކަން އިތުރުކުރަން އެހީވާނެ ކަމުގެ ޔަގީންކަން އިނގިރޭސިވިލާތުންދީފި

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކު...

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުޢިއްޒުގެ ދަޢުވަތެއް
08 Sep 2026 ހަބަރު

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުޢިއްޒުގެ ދަޢުވަތެއް

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމްއަށް ރައ...