އެޕްރިލް މަހުގެ ނިޔަލަށް ނިލަންދޫ ބިންހިއްކައި ނިމޭނެ: އެމްޓީސީސީ
ކަނޑައެޅިފައިވާގޮތަށް މިއަހަރުގެ އޭޕްރިލްމަހުގެ ނިޔަލަށް ފ.ނިލަންދޫގައި އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާ ބިން ހިއްކާ ނިމޭނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަލުއި ސްޕީޑުގައި ކުރިއަށްދާކަމަށާއި، މިހާތަނަށް 24 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. ކޮންޓްރެކްޓް ކޮށްފައިވާގޮތަށް އަންނަ އެޕްރިލު މަހުގެ ނިޔަލަށް މަޝްރޫޢުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ބުނެއެވެ.
ނިލަންދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ 42.6 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ
މިދިޔަ އަހަރުގެ މަރޗް މަހުގެ 27 ވަނަ ދުވަހު މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭ ނިންމުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް