ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ހަބަރު 20 Feb 2024 | 03:47

ރައްޔިތަކު ނިސްބަތްވާ ސިޔާސީ ފިކުރެއް ސަރުކާރަށް މުހިންމެއް ނޫން: ރައީސް މުޢިއްޒު

ރައްޔިތަކު ނިސްބަތްވާ ސިޔާސީ ފިކުރެއް އެމަނިކުފާނާއި ސަރުކާރަށް މުހިންމު ނޫންކަމަށް ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ފުވައްމުލައް ސިޓީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މި ސަރުކާރުން އެއްވެސް ކުލަޔަކަށް ނުވަތަ ފިކުރަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށްވެސް ޚިދުމަތް ފޯރުކޮށްދޭނީ ހަމަހަމަ ކަމާއި އިންސާފުވެރިކަމާއެކީ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މި ސަރުކާރުގެ ކިބައިން ފެންނާނީ މި ދެންނެވި ހަމަހަމަކަމާއި އިންސާފު. އެނޫން އެއްވެސް މަންޒަރެއް އެއްވެސް ދިމާލަކުން ނުފެންނާނެ. އެ ރައްޔިތަކު ނިސްބަތްވަނީ ކޮން ފިކުރެއްތޯ އަޅުގަނޑު ބަލާކަށް ބޭނުމެއް ނޫން."

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާގޮތުން އިންތިހާބުތަކުގެ ކެމްޕެއިންތަކުގައި ސިޔާސީ ހިޔާލުތަފާތުވުންތަކާއި ބަހުގެ ހަމަލާތައް އައި ނަމަވެސް އިންތިހާބުގެ ފަހުން ހުރިހާ ރައްޔިތުން ހަމަހަމަކޮށް ޚިދުމަތް ކުރަންޖެހޭނެ ކަމަށެވެ

ފުވައްމުލަކު ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލުގެ އިތުރުން ރާއްޖޭގެ ގިނަ ކައުންސިލްތަކުންވެސް އެ އެއްބައިވަންތަކަން ފެނިގެންދާ ކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ ވެރިންވެސް އެގޮތަށް އަމަލުކުރަމުންދާތަން ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ

އެމަނިކުފާނުގެ ވަޢުދުތައް ފުރިހަމަކުރުމަށް ކުރިއަށް އޮތް ރައްޔިތުން މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަމަށާއި މިއަދުގެ މަޖިލީސް ތެރެއިން ބައެއް ކަންކަން ހިނގާތަން ފެންނަނީ ދުނިޔޭގެ އެހެން ގައުމެއްގައި ކަންކަން ހިނގާ ގޮތަކަށް ނޫންކަމަށްވެސް ރޭގެ ޖަލްސާގައި ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން މިދިޔަ 13 ހަފްތާތެރޭގައި މިހާރު މިއޮތް މަޖިލިހުން ސަރުކާރާއި މެދު ކަންތައްތައް ކޮށްފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެއްވެސް ކަމެއް ނުކޮށް ފަރުވާ ކުޑަކޮށް އެއްވެސް ކަހަލަ ޕާފޯމަންސެއް ނެތި ދިޔަ ނަމަ މައްސަލައެއް ނެތް. އެހެނެއް ނޫން، ކަންކަން އިރާދަ ކުރެއްވިއްޔާ ކުރެވޭތޯ ބަލާ ކުރަމުން މި ދަނީ. އަދި އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތްތާ ވެސް އެކަން ކުރާނަން،"

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުން އެދޭ ކަންކަން ބާރު ސްޕީޑްގައި ކުރެވޭނީ މަޖިލީހުން ދޭ އެއްބާރުލުމެއްގެ މައްޗަށް ކަމަށާއި، އަދި އެފަދަ ކަންކަން ކުރެވޭނީ މަޖިލީސް އެއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިނގާ ތަނަކަށް ވެގެން ކަމަށްވެސް ރައީސް ޑރ.މުހައްދު މުއިއްޒު ވިދާޅުވިއެވެ. އެ

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު އިދިކޮޅު އެންޑީޕީގެ މެޖޯރިޓީ އޮތް މިހާރުގެ ރައްޔިތުން މަޖިލިހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 3 ވަޒީރަކަށް ރުހުން ނުދިނުމުގެ އިތުރުން އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވި ޖަލްސާވެސް ބޮއިކޮޓް ކޮށްފައެވެ. އޭގެ އިތުރުން ޤަނޫނު އަސާސީގެ މާއްދާތަކަށް ބަދަލުގެނެސްގެން މަޖިލިހުން މިހާރު އަންނަނީ ރައީސާއި ނައިބު ރައީސް އަޒުލްކުރުމަށް ފަސޭހަ ކުރަންވެސް މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.