ހޮޅުދޫ އިހްތިޖާޖުގެ ތެރެއިން ފުލުހަކަށް ހަމަލާދިން ދެމީހަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ނ. ހޮޅުދޫގައި ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރުގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އިހްތިޖާޖު ކުރަމުންދިޔަ ދެމީހަކު ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، 22 ފެބްރުއަރީ ވަނަ ދުވަހު، ހޮޅުދޫގައި ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން، ފުލުހަކަށް ހަމަލާދީ ފުލުސް ސްޓޭޝަނަށް ދެމީހަކު ގެއްލުންދީފައިވާ ކަމަށެވެ.
އަދި ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް