ފަނޑިޔާރު ނިޔާޒް ޝަރަފުވެރިކަމާއެކު މަގާމުން ވަކިވެވަޑައިގެންފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފި އެވެ.
ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ނިޔާޒު ހުށައެޅުއްވީ މީގެ ދުވަސްކޮޅެއް ކުރީންނެވެ. ނަމަވެސް އޭރު ޖޭއެސްސީން އޭނާއާ ގުޅޭ ބައެއް މައްސަލަތައް ދިޔައީ ބަލަމުންނެވެ.
ޖޭއެސްސީން ވަނީ ނިޔާޒްގެ ހުށައެޅުއްވުން ބެެއްލުމަށް ފަހު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމުގެ ފުރުސަތު ދެއްވުމަށް ނިންމަވާފަ އެވެ. އެ ނިންމެވުމާއެކު ހައިކޯޓުން މިއަދު ވަނީ ނިޔާޒް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށް އިއުލާނު ކުރައްވާފަ އެވެ.
ހައިކޯޓުން އެކަން ހާމަކޮށް ފަނޑިޔާރު މުޙައްމަދު ނިޔާޒް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ޑީޝަލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސްކަން ވެސް ކުރީން ކުރެއްވި ނިޔާޒު ވަނީ 23 އަހަރު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރައްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް