ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާގެ ބައެއް ޔުނިޓްތައް ހުންނަ އުމަރުޒާހިރު އޮފީސް އިމާރާތް.. ފޮޓޯ: ވޮއިސް
ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާގެ ބައެއް ޔުނިޓްތައް ހުންނަ އުމަރުޒާހިރު އޮފީސް އިމާރާތް.. ފޮޓޯ: ވޮއިސް
ހަބަރު 11 Aug 2026 | 15:34

ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން: މިނިސްޓްރީ

މައިންބަފައިންނާއި ޢާއިލާގެ އެއްވެސް ފަރާތަކުން ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ޙާލަތުގައި މެނުވީ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުގެނެވޭނޭކަމަށް ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ބުނެފިއެވެ.

ތުއްތު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަގޮތާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން ކަމަށެވެ. އެ ވުޒާރާއިން ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންދިއުމުގައި ޢަމަލުކުރަނީ ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ކަނޑައެޅިފައިވާ އިޖުރާއާތުތަކާ އެއްގޮތައްކަމަށެވެ. އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކުއްޖަކާ ގުޅޭ ކޮންމެ ނިންމުމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އެ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް ކަމަށެވެ.

ވުޒާރާއިން ބުނީ ކުއްޖެއްގެ ރައްކާތެރިކަން ޔަޤީން ނުވާ ޙާލަތުގައި ވެސް އެންމެ ފުރަތަމަ މަސައްކަތްކުރާނީ މައިންބަފައިންގެ ގާތުގައި ބައިންދައިގެން ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކަމަށެވެ. އެ ގޮތް ނެތިއްޖެ ނަމަ ޢާއިލާގެ ތެރެއިން ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފަރާތެއް ހޯދުން އިސްކުރާ ކަމަށާއި މައިންބަފައިންނާއި ޢާއިލާގެ އެއްވެސް ފަރާތަކުން ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ޙާލަތުގައި މެނުވީ ދައުލަތުގެ ބެލުމުގެ ދަށަށް ނުގެނެވޭނެ ކަމަށެވެ.

ހަމައެހެންމެ މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރުމުގެ ޞައްޙަ ސަބަބެއް ނޫން ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ އެ ޤާނޫނުގެ ދަށުން އެޅޭނެ އެންމެ ފަހު ފިޔަވަޅު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކުޑަކުދިންނާއި ނާޒުކު ޙާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކާ ގުޅޭ ޚަބަރުތައް ގެނެސްދެވޭ ގޮތުން އެ ފަރާތްތައް އިތުރު ނާޒުކު ޙާލަތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ކަމަށް ވެސް ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން މިފަދަ ޚަބަރުތައް ދައުރުކުރުމުގައި މީޑިއާއާއި މީސް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށާއި ޞައްޙަ ނޫން މަޢުލޫމާތު ނުފެތުރުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޤާނޫނު ނަންބަރު 2019/19 ގެ 88 ވަނަ މާއްދާގެ ދަށުން ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރު ނުވާ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ދައުލަތަށް ލިބިދީފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.