ޒިޔަތު ވަކިކޮށް އެމްޕީއެލް ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރު ކަމަށް ލަމްއާން އައްޔަންކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ކުރީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އައްޔަނުކޮށްފިއެވެ.
ލަމްޢާން އެ މަގާމަށް އައްޔަނު ކުރީ މިއަދުއެވެ.
އޭނާ މަގާމަށް އައްޔަނު ކުރީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުން ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކުރުމަށްފަހުގައެވެ.
ލަމްޢާން ކުރިން ހުންނެވީ އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެއެވެ.
ލަމްޢާން ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް