ނައިފަރު މަގުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް
ޅ. ނައިފަރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ ރޯޑް ޑިވަލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އިން ހިއްސާކޮށްފިއެވެ.
އެކްސްގައި އެ ކުންފުނިން ކުރި ޕޯސްޓުގައި ވާގޮތުން މި މަޝްރޫއުގެ ދަށުން ނައިފަރުގެ އިފްތިތާހީ މަގުގައި ކޭބަލް ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އާރްޑީސީއިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގެ ގިނަ ރަށްތަކެއްގައިި މަގުތައް ހެދުމުގެ އިތުރުންވެސް އެތަކެއް މަޝްރޫއުތަކެއް ހިންގަމުންނެވެ.
އެގޮތުން ނައިފަރުގައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ މަޝްރޫއުު ފަށާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް