އިންނަމާދޫގައި ނުރައްކާތެރި ހާދިސާއެއް: ޑެގުން ބައެއް ވެއްްޓި ހަ މީހަކަށް ބޮޑެތި އަނިޔާތަކެއް، އެކެއްގެ ހާލު ދެރަ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރ. އިންނަމާދޫގައި ނުރައްކާތެރި ހާދިސާއެއް ހިނގާ ބަޔަކަށް ވަރަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގީ ސަފާރީ ބޯޓަކަށް އޭގެ ޑެގް އަރުވަން އުޅުމުގެ ތެރޭގައި ކަހާލައިގެން ވެއްޓި އެވެ. އެ ހާދިސާގައި ހަ މީހަކު ޑެގުގަނޑުގެ ދަށުގެ ވަރަށް އަނިޔާވި އެވެ.
އެނގިފައިވާ ގޮތުގައި އަނިޔާވެފައިވަނީ ހަ މީހަކަށެވެ. އެއީ ދިވެއްސަކާއި ފަސް ބިދޭސީންްނަށެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ދެރަ ކަމަށް އެނގިފައިވެ އެވެ.
އެންމެންނަށްވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. އެކެއްގެ މޭކަށިގަނޑު ބިނދި ވަރަށް އަނިޔާވިއިރު އެހެން މީހުންގެ ބައެއް ތަންތަން ވަނީ ބިނދިފަ އެވެ.
އެ މީހުންނަށް މިވަގުތު, ރ. އުނގޫފާރުގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް