މިދިޔަ އަހަރު ހިންމަފުށީ ސްކޫލުން ބޭއްވި ސްޕޯޓްސް ފެސްޓުގެ ތެރެއިން -- ފޮޓޯ: ހިންމަފުށީ ސްކޫލް
މިދިޔަ އަހަރު ހިންމަފުށީ ސްކޫލުން ބޭއްވި ސްޕޯޓްސް ފެސްޓުގެ ތެރެއިން -- ފޮޓޯ: ހިންމަފުށީ ސްކޫލް
ހަބަރު 01 Oct 2025 | 05:46

ހިންމަފުށީ ސްކޫލް އިންޓަ ހައުސް ފުޓްބޯޅަ އަދި ހޭންޑްބޯޅަ މުބާރަތް މި މަހު ފަށަނީ

ކ. ހިންމަފުށީ ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ ހައުސް ފުޓްބޯޅަ އަދި ހޭންޑްބޯޅަ މުބާރާތް މި މަހު 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.

ގާތްގަޑަކަށް 250އެއްހާ ދަރިވަރުން ތަޢުލީމު ޙާސިލްކުރާ ހިންމަފުށީ ސްކޫލުގެ ދަރިވަރުންގެ ކުލަބުތަކުގެ ދެމެދުގައި މި މުބާރާތްތައް ކުރިޔަށްދާނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ފުޓްބޯޅަ އަދި ހޭންޑްބޯޅަ މުުބާރާތުގައި ވެސް ސީނިއާ އަދި ޖޫނިއާގެ ޑިވިޝަންތަކަށް ބަހާލައިގެން ކުލަބުތަކުގެ މެދުގައި ދަރިވަރުން ބައިވެރިވާނެއެވެ.

އެގޮތުން ފުޓްބޯޅަ އަދި ހޭންޑްބޯޅައިގެ ދެ ޑިވިޝަނުގައި ވެސް އެ ސްކޫލުގެ ތިން ކުލަބުކަމުގައިވާ އަލިމަސް، ޔާގޫތު އަދި އިތާމުތް ވާދަކުރާނެއެވެ.

މި މުބާރާތުގައި ސީނިއާ ޓީމުތަކުން ކުޅޭ މެޗުތަކުގެ ދިގުމިނަކީ ހާފެއްގައި 15 މިނެޓެވެ. އަދި ޖޫނިއާ ޓީމު 10 މިނެޓުގެ ހާފެއް ކުޅޭނެއިރު، ފަސް މިނެޓުގެ ބްރޭކެއް ދެ ޑިވިޝަނަށް ވެސް ދިނުމަށް ނިންމާފައިވެއެވެ.

މި މުބާރާތްތައް މި މަހުގެ 19ގައި ފަށާއިރު، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނީ އެ މުބާރާތްތަކުގެ ގްރޫޕް ސްޓޭޖް ނުވަތަ ލީގު އުސޫލުން ކުޅޭ މެޗުތަކެވެ. އެ މެޗުތަކުން އެންމެ ގިނަ ޕޮއިންޓް ހޮވާ ޓީމުތަކުން ފައިނަލު މެޗުތައް ކުޅުން އޮންނާނީ މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން އެ ދުވަހު ހަވީރު 04:15 ގައި އެންމެ ފުރަތަމަ ޖޫނިއާ ހޭންޑްބޯޅަ ޓީމުގެ ފައިނަލު އޮންނައިރު، އެއަށްފަހު އޮންނާނީ ޖޫނިއާ ފުޓްބޯޅަ ޓީމުގެ ފައިނަލެވެ. އަދި އެ މެޗަށް ފަހު ހަމަ އެދުވަހުގެ ގާތްގަޑަށް 05:15 ހާއިރު ސީނިއާ ހޭންޑް ބޯޅައިގެ ފައިނަލް ކުޅޭނެ އިރު، ސީނިއާ ފުޓްބޯޅައިގެ ފައިނަލް ތާވަލުކޮށްފައިވަނީ ނިންމުމުގެ ރަސްމިއްޔާތާއެކު އެރޭ 08:15 ގައި ފަށާގޮތަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.