މަތިވެރި ކައުންސިލުން ގެނައި ޕިކަޕް...
މަތިވެރި ކައުންސިލުން ގެނައި ޕިކަޕް...
ހަބަރު 19 Aug 2025 | 08:14

މަތިވެރި ކައުންސިލުން ގެނައި އައު ވައްތަރެއްގެ ޕިކަޕަކުން ބޮޑު ގެއްލުމެއް

އއ.މަތިވެރި ކައުންސިލުން އެރަށުގައި ކުނިއުކާލުމަށް ގެނައި އައު ބްރޭންޑެއްގެ ޕިކަޕެއްގެ ސަބަބުން ކައުންސިލަށް މާލީގޮތުން ގެއްލުންތަކެއް ލިބެމުންދާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ މަތިވެރި ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން ގެނައި އެ ޕިކަޕް ހަލާކުވެ ސްޕެއާ ނުލިބުމުގެ ސަބަބުން އޭގެ ބޭނުން ނުހިފި ގެއްލުންވަމުންދާކަމަށެވެ. މަތިވެރި ކައުންސިލުން ސޮޖެން ނަމަކަށް ކިޔާ ބްރޭޑްގެ އެ ޕިކަޕް ގެނެސްފައިވަނީ، 2022 ވަނަ އަހަރެވެ. ޕިކަޕް ގަތުމަށް 371،000 ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއަހަރުގެ ފެބުރުއަރީމަހުގެ 19 ވަނަ ދުވަހުން ފެށިގެން އޭގެ ބޭނުން ހިފެމުން ނުދާކަމަށް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.

ކައުންސިލް އިދާރާގެ ފަރާތުން އޮޑިޓަށް މައުލޫމާތު ދީފައިވާ ގޮތުގައި ޕިކަޕް ބޭނުންކުރަން ފެށިތާ ދެ މަސްދުވަސް ތެރޭގައި ޕިކަޕްގެ ބެޓެރި އަދި ސްޓީރިންގ ވީލްގެ މައްސަލަ ޖެހުނެވެ. މި ބްރޭންޑުގެ ޕިކަޕަކީ އާއްމުގޮތެއްގައި ރާއްޖޭގައި ބޭނުންކުރާ ބްރޭންޑެއްގެ ޕިކަޕަކަށްނުވާތީ، ސްޕެއަރ ހޯދުމުގެ ދަތިތަކެއް ދިމާވެފައިވާ ކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޕިކަޕް ހަލާކުވެ، ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވެފައި އޮތުމުގެ ސަބަބުން ކައުންސިލުން ފަހުން ބޭނުންކުރަމުންދިޔައީ، އެ އިދާރާއަށް ދައުލަތުގެ އިދާރާއަކުން ހަދިޔާކޮއްފައިވާ ޕިކަޕެއް ކަމަށެވެ. ނަމަވެސް އެޕިކަޕްގައި ކުނިއުކާލުމުގެ ކަންކަން ކުރަމުން ގެންގޮސްފައިވަނީ އުޅަނދު ރަޖިސްޓްރީ ނުކޮށްކަމަށް ވަނީ ފާހަގަކޮށްފައެވެ.

ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގޮތަކަށް ނުބަލައި މިގޮތަށް އަގު ބޮޑުކޮށް ހޯދާ ހަރުމުދާތައް ހޯދާނަމަ، މިފަދަ ތަކެތީގެ މަންފާ އެކަށިގެންވާ ގޮތެއްގައި ނުލިބި މިފަދަ ވެހިކަލްތައް ބޭނުންކޮއްގެން ރައްޔިތުންނަށް ދެމުންގެންދާ މުހިންމު ޙިދުމަތްތައް ހުއްޓިގެން ދިއުމުގެ ފުރުސަތު އޮތްކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން އޮޑިޓަރ ޖެނެރަލް ލަފާދެއްވަނީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ވެހިކަލްތައް ހޯދުމުގައި ރާއްޖޭގެ މާހައުލާއި ގުޅޭ އަދި ވެހިކަލްތައް މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރ ފަސޭހައިން ލިބޭނެގޮތަށް ރާއްޖޭގައި އާއްމު ގޮތެއްގައި ބޭނުންކުރާ ބްރޭންޑުތަކުގެ ވެހިކަލްތައް ހޯދުމަށެވެ. އަދި ޕިކަޕް ބޭނުންކުރަންފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި ޕިކަޕަށް މައްސަލަތައް ދިމާވެފައިވާތީ ޕިކަޕް ސަޕްލައިކުރި ފަރާތާއި މަޝްވަރާކޮށްގެން މިކަން ހައްލުކުރުމަށްވެސް ވަނީ ކައުންސިލަށް ލަފާ ދީފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.