ރައީސް މަގާމަށް ގެނެސްފައި ހުރީ އަހަރެންގެ ލާރިން: ޖާބިރު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަގާމަށް ގެނެސްފައިހުރީ، އަބްދުﷲ ޖާބިރުގެ ފައިސާއިން ކަމަށް އެނާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ ކަމުގެ މަގާމުގައިވެސް ހުންނެވި އަބްދުﷲ ޖާބިރު މިހެން ވިދާޅުވެފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ.
ޖާބިރު މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް، ޖާބިރުގެ މަންމާފުޅާއި ދިމާލަށް އައުގުރާނަ ގޮވިކަމަށްބުނެފައިވާ ދަނޑިވަޅެއްގައެވެ. ޖާބިރު ވަނީ ފައްޔާޒް މަގާމުން ދުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް "އަންގާ އަމުރުކޮށްފައެވެ".
ޖާބިރު އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްޔާޒް ވަކިކުރުން ނޫންގޮތެއް ރައީސްއަށް ނޯންނާނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މަގާމަށް ގެނެސްފައި އެހުރީ އެބޭފުޅާގެ ލާރިންކަމަށެވެ.
Eynaa magaamun dhurun noon gotheh ibrahim Mohamed solih ah dhen noannaane. Raees e magaamah genessa eheree magey laarin ,
— Abdulla jabir (@chairmanjabir) December 10, 2018
ހަމައެހެންމެ ޖާބިރުވަނީ އެބޭފުޅާގެ މަންމާފުޅާއި މިނިސްޓަރ ފައްޔާޒް ބެހިވަޑައިގެންނެވި ކަމަށް ވިދާޅުވެ، ފައްޔާޒަށް ވަޒީރުކަމުގެ ހުއްދަ ނުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުގައި ދަންނަވާކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައެވެ. ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުންވަނީ ރުހުންދީފައެވެ.
މިކަމާއި ގުޅިގެން މިނިސްޓަރ ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު މަގާމުގައި ހުންނެވިހާ ހިނދަކު މިނިސްޓްރީން އެއްވެސް ފަރާތަކަށް އެއްވެސް ނާާޖާއިޒު ފައިދާއެއް ލިބޭނެ އެއްވެސް މަގެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ، އެމަނިކުފާނާއި މީހުން މުއާމަލާތްކުރާ މޭރުމުން އަނބުރާ މުއާާމަލާތްކުރާނެ ބޭފުޅެއްކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް