ފްރާންސް އާއި އިޓަލީ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ފްރާންސްއެފްއޭ
ފްރާންސް އާއި އިޓަލީ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ފްރާންސްއެފްއޭ
ކުޅިވަރު 03 Oct 2026 | 06:04

އިޓަލީން މިފަހަރުވެސް ޒިދާން ހުއްޓުވައިފި

ޔުއެފާ ނޭޝަންސް ލީގްގައި އިޓަލީ އާއި ފްރާންސް ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

ފްރާންސްގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. މިއީ ބައިނަލްއަގުވާމީ މި ބްރޭކުގައި ރަށުން ބޭރުގައި ކުޅުނު ދެ މެޗުން މޮޅުވުމަށްފަހު، ޒިދާންގެ ކޯޗްކަމުގެ ދަށުން ފަރަންސޭސިން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

ސްޓޭޑް ޑި ފްރާންސްގައި ކުޅުނު މި މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ފަރަންސޭސިންނެވެ. އެއީ މެޗްގެ 55 ވަނަ މިެނޓް ތެރޭގައި އޮލީސޭ ޖަހައިދިން ލަނޑުންނެވެ. އިޓަލީން މެޗުގެ ނަތީޖާ ހަމަހަމަކުރީ، ލޫކަސް ޑަ ކޫންހާގެ އަތުން އެލެސަންޑްރޯ ބަސްޓޯނީ ބޯޅަ ހޯދުމަށްފަހު އޭރިއާ ރޮނގުމަތިން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ފަހުކޮޅު ފަރަންސޭސިވިލާތުގެ ޑަޔޮޓް އުޕަމެކާނޯއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު އޭނާ ވަނީ ދަނޑުން ފޮނުވާލައިފައެވެ. މި މެޗަކީ 2006 ވަނަ އަހަރުގެ ވަރލްޑްކަޕް ފައިނަލަށްފަހު ޒިދާން ޤައުމީ ޓީމްގައި ހުރެ އިޓަލީ އާ ދެކޮޅަށް ނިކުތް ފުރަތަމަ މެޗެވެ. މެޗަށް ނިކުތުމުގެ ކުރިން ޒިދާން ވަނީ އެފަހަރުގެ ވަރލްޑްކަޕް ފައިނަލްމެޗްގައި ހިނގާދިޔަ ކަންތައްތައް މިހާރު ހަނދާންކުރަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އެފަހަރުގެ ފައިނަލަކީ ޒިދާންގެ ފަހު މެޗެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެފަހަރު ފައިނަލް މެޗް ފްރާންސަށް ގެއްލުނީ ޒިދާން އެމެޗްގައި ޒިދާން އިޓަލީގެ ޑިފެންޑަރު މާކޯ މަޓަރާޒީ މޭގައި ބޮލުންޖެހުމާ ގުޅިގެން ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. މެޗްގެ ފުރިހަމަ ވަގުތު 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވިއިރު، މުބާރާތުގެ ތަށި ފްރާންސަށް ގެއްލުނީ ޕެންލްޓީން ބަލިވުމުންނެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި، މާކް ވަން ބޮމެލްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބެލްޖިއަމް ވަނީ 3-0 އިން ތުރުކީ ބަލިކޮށްފައެވެ. މި މެޗުގައި ކެވިން ޑި ބްރޭނާ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ
29 Oct 2026 ހަބަރު

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ

ވ. އަތޮޅުގައި ޑައިވިންގ އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު )އެމްއެންޑީއެފް( ގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚިދުމަތުގެ އަގުވަޒަންކޮށް، އިޓަލީވިލާތުގެ އެންމެ މަތީ ޝަރަފު 'ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ' އެރުވުމަށް އެ ޤައުމުން ނިންމައިފިއެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ފަރަންސޭސިވިލާތުގައި ކުރި މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ، ހުޅުޖަހަން ފަށައިފި؛ 1200 މީހުން ހައްޔަރު
18 Oct 2026 ދުނިޔެ

ފަރަންސޭސިވިލާތުގައި ކުރި މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ، ހުޅުޖަހަން ފަށައިފި؛ 1200 މީހުން ހައްޔަރު

ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއި، ސްކޫލުތަކުގެ ހާލަތު ދަށަށް ދިއުމާ ގުޅިގެން ފަރަންސޭސިވިލާތުގައި ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާތައް ވަރުގަދަ ހަމަނުޖެހުންތަކަކަށް ބަދަލުވެ، އެ ގައުމުގެ އެކި ސަރަހައްދުތަކުން މަދުވެގެން 1،200 މީހުން ހައްޔަރުކޮށްފިއެވެ.