ޒަކާތް ބަލައިގަންނަނީ- ފޮޓޯ/ ޒަކާތު ހައުސް
ޒަކާތް ބަލައިގަންނަނީ- ފޮޓޯ/ ޒަކާތު ހައުސް
ހަބަރު 21 May 2026 | 14:38

މުދަލު ޒަކާތުން ކުރި ހޭދަ 34.8 އިންސައްތަ އިތުރުވެއްޖެ: އެންމެ ބޮޑު ހޭދައެއް ފީސަބީލިالله މަޝްރޫޢުތަކަށް

2026 ވަނަ އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރުގެ އެޕްރީލު މަހު ޒަކާތުން ހޭދަކޮށްފައިވަނީ 2,828,118.28 (ދެ މިލިއަން އަށް ލައްކަ އަށާވީސް ހާސް އެއްސަތޭކަ އަށާރަ) ރުފިޔާއެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ އެޕްރީލު މަހު މި ޢަދަދު ވަނީ 3,811,259.91 (ތިން މިލިއަން އަށް ލައްކަ އެގާރަ ހާސް ދުވިސަތަ ފަންސާސް ނުވަ) ރުފިޔާއަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 34.8 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އެޕްރީލު މަހުގެ ހޭދަތަކަށް ބަލާއިރު، އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފަޤީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތަޢުލީމީ ދާއިރާއަށާއި، ކީރިތި ޤުރުއާނާ ގުޅުންހުރި ޕުރޮގުރާމުތަކުގެ އިތުރުން އިޖުތިމާޢީ ފައިދާއަށް ހިންގާ ތަފާތު ހަރަކާތްތަކަށެވެ.

ފަޤީރުންނާއި މިސްކީނުންނަށް ދިން އެހީ އިތުރުވުން

ފަޤީރުންނާއި މިސްކީނުންގެ ބައިން ކުރި ހޭދަ 2025 އެޕްރީލު މަހު ހުރީ 1,179,397.99 ރުފިޔާގައެވެ. ނަމަވެސް 2026 އެޕްރީލު މަހު މި ޢަދަދު ވަނީ 1,449,239.39 ރުފިޔާއަށް އިތުރުވެފައެވެ. މީގެ ތެރޭގައި ޟަރޫރީ ބޭނުންތަކަށް ދިން އެހީ 42,500 ރުފިޔާއިން 182,731 ރުފިޔާއަށް އިތުރުވެފައިވާއިރު، ބޭސްފަރުވާގެ އެހީއަށް ކުރި ހޭދަ ވަނީ 1.1 މިލިއަން ރުފިޔާއިން 1.2 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިދާރީ ހޭދަތައް ކުޑަވުން

ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ "ޢާމިލުން"ގެ ބައިން ކުރި ހޭދަ ވަނީ ބޮޑުތަނުން ދަށްވެފައެވެ. 2025 ވަނަ އަހަރުގެ އެޕްރީލު މަހު މި ބައިން 483,077.82 ރުފިޔާ ހޭދަކޮށްފައިވީ ނަމަވެސް، މިއަހަރު އެ ޢަދަދު ވަނީ 195,003.79 ރުފިޔާއަށް ތިރިވެފައެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތައިގެ ދަށްވުމެކެވެ.

ފީސަބީލިالله މަޝްރޫޢުތަކަށް ބޮޑު ކުރިއެރުމެއް

އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައިވަނީ "ފީސަބީލިالله" ބައިން ކުރި ހޭދަތަކަށެވެ. އިސްލާމީ ތަޢުލީމާއި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމުގެ މަސައްކަތްތައް ފުޅާވުމާ ގުޅިގެން، މި ދާއިރާއަށް ކުރި ހޭދަ ވަނީ 1.1 މިލިއަން ރުފިޔާއިން 2.1 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ:

މަތީ ތަޢުލީމަށް ދިން އެހީ: 290,274.76 ރުފިޔާ

ޙާފިޛުން އުފެއްދުމާއި ޤުރުއާނުގެ ޢިލްމު ފެތުރުން: 1,093,749.47 ރުފިޔާ

އަތޮޅުތަކުގައި ޤުރުއާން ސެންޓަރުތައް ބިނާކުރުން: 782,992.50 ރުފިޔާ

ދަތުރުވެރިންނަށް އެހީދޭ "އިބްނުއްސަބީލް"ގެ ބައިން މިދިޔަ އަހަރު ޚަރަދުތަކެއް ކޮށްފައިވީ ނަމަވެސް، މިއަހަރުގެ އެޕްރީލް މަހު އެ ބައިން އެއްވެސް ހޭދައެއް ކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، 2026 ވަނަ އަހަރުގެ އެޕްރީލް މަހު މުދަލުޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު މިއީ 8.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި
17 Nov 2026 ހަބަރު

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިން ދާރުއްނޫރު މަޝްރޫޢު އިފްތިތާޙްކޮށްފި

ކީރިތި ޤުރްއާނާއި ބެހޭ ވަޤްފު ބިލްޑިންގ 'ދާރުއްނޫރު' މަޝްރޫޢު އިފްތިތާޙްކޮށްފި އެވެ.