އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ)  -- ފޮޓޯ: ދާރިސް ޓީވީ
އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) -- ފޮޓޯ: ދާރިސް ޓީވީ
ރިޕޯޓް 29 Apr 2025 | 14:53

ހިތްވަރު ގަދަ ޝެއިހެެއް، އެކަމަކު މުޖްތަމައުން ކޮށް ދިނީ ކޮން ކަމެެއް؟

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވާ ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުމުގައި އިލްމުވެރީން ކުރަމުން ގެންދަނީ ބުރަ މަސައްކަތްތަކެކެވެ. ތައުރީފު ހައްގު މަސައްކަތްތަކެވެ. ބައެއް އިލްމުވެރީން, އެ ބޭފުޅުންގެ ވަރަށް ގިނަ ވަގުތު ހޭދަ ކުރައްވަނީ ދައުވަތު ފެތުރުމުގަ އެވެ. އާންމުންނަށް ނޭންގޭ ކަންކަން އޮޅުންފިިލުވައި ދިނުމުގަ އެވެ. އާންމުން ފޮނުވާ އެކި ސުވާލުތަކަށް ޖަވާބު ދިނުމުގަ އެވެ.

އެފަދަ އެއް ބޭފުޅަކީ އައްޝައިޚް މުހައްމަދު އިބްރާހީމް (ނައިފަރީ) އެވެ. އެއީ އާދަޔާ ހިލާފު ޝަހުސިއްޔަތެކެވެ. ދިރިއުޅުމުގެ ހާލަތު ކޮންމެ ގޮތަކަށް ބަދަލުވީ ނަމަވެސް ދައުވަތުގެ މައިދާނުގައި ސާބިތުވެ ހުންނެވި ހިތްވަރު ގަދަ އިލްމުވެރި އެކެވެ.

ދާދި ފަހަކާ ޖެހެން ޝެއިހް މުހައްމަދު އިބްރާހިމަކީ ނައިފަރުގެ ފަހުރު ކަމުގައިވި މަދްރަސަތުލް އިފްތިތާހްގެ އިސްލާމް މުދައްރިސެކެވެ.  އެ ވަޒީފާގައި 17 ވަރަކަށް އަހަރު ހޭދަ ކުރެއްވި އެވެ. ނަމަވެސް ޝެއިހްގެ ލޮލަށް ސިއްހީ މައްސަލަތަކެއް ދިމާވެ ދެ ލޮލުގެ ފެނުން ގެއްލުނެވެ.

އެހެން ކަމުން ވަޒީފާއާ ދުރަށް ދިއުމަށް މަޖުބޫރުވި އެވެ. ލޮލުގެ ފަރުވާއަށް މިދިޔަ ދެ އަހަރު ޝެއިހް ހުންނެވީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއާ ދުރުގަ އެވެ.

ނަމަވެސް ޝެއިހްގެ އިލްމީ މަސައްކަތަށް ވީ މިންވަރަކުން ވަގުތު ދެއްވަ އެވެ. ރަށުގައި ހުންނަނަމަ ކޮންމެ ހަފްތާއަކު އެންމެނަށް ބައިވެރިވެވޭނެ ހެން ކުރިއަށް ގެންދާ "މަގޭ ސުވަލަކީ" ޕްރަގްރާމްގައި ބައިވެރިވެ އެވެ. ދީނީ އެކި މައުލޫމާތުތައް ހިއްސާކޮށް އާންމުންގެ ސުވާލުތަކަށް ޖަވާބު ދެ އެވެ.

ވަރަށް ގިނަ ބަޔަކު އެ ޕްރަގްރާމަށް އިންތިޒާރު ކުރެ އެވެ. ތަފާތު އެކި ސުވާލުތައް ފޮނުވަ އެވެ. އަދި ދަރުސްތައް ވެސް ކުރިއަސް ގެންދެ އެވެ.

ދަރުސްތައް ދެނީ ޝައިޚްގެ ދަރިވަރެއް ގެންގޮސް އޭނާ ލައްވާ ޝައިޚަށް ފޮތް ކިޔާދީ، ދެން އެ އަޑުއެހި ބައިތައް ހިތަށް ނަގައިގެންނެވެ. އެ ހިތްވަރު ކޮށްގެން ވެސް އެ މަސައްކަތް ދޫކޮށް ނުލަ އެވެ.

އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) -- ފޮޓޯ: ދާރިސް ޓީވީ

ޝައިޚް މުހައްމަދު އިބްރާހީމް, ދީނީގޮތުން މުޖްތަމައު ކުރިއެރުވުމަށް ކުރައްވާފައިވާ މަސައްކަތްތައް ގިނަގުނަ އެވެ. ދެއްވާފައިވާ ދަރުސްތައް އެހާ ގިނަ އެވެ. ލިޔުއްވާފައިވާ ފޮތްތައް ވެސް އެހާމެ ގިނައެވެ.

ނަމަވެސް ޝެއިހަށް އެންމެ އެހީތެރިކަން ބޭނުންވީ ވަގުތު ދައުލަތުގެ މުއައްސަސާތަކުން އަގު ވަޒަން ނުކުރުމާއި އެހީތެރިވެ ނުދިނުމުގެ ޝަކުވާ ޝެއިހްގެ ދަރިވަރުންނާއި ޝެއިހްގެ އިލްމީ މަސައްކަތުން ފައިދާ ލިބުނު އެތައް ބަޔަކު ދަނީ ކުރަމުންނެވެ.

އެ މީހުން ދެކޭ ގޮތުގައި ޝެއިހާމެދު ކަންތައްތައް ވަމުންދާ ގޮތަކީ ތައުލީމީ ދާއިރާއިން މުދައްރިސުންގެ އަގު ވަޒަން ނުކުރާ ކަމުގެ ހެތްކެކެވެ. އެނގިފައިވާ ގޮތުގައި ޝެއިހަށް ވަޒީފާއަށް ނިކުތުމަށް މިހާރު އޮތީ ފަހުގެ ފުރުސަތު ދީފަ އެވެ. އެއީ އޯގަސްޓް މަހުގެ ނިޔަލަށެވެ. އެ ހިސާބުން މުސާރަނެތް ވަޒީފާ ވެސް ގެއްލޭނެ އެވެ.

ޝެއިހަށް ކުރިމަތިވެފައިވާ ހާލަތުން އިސްލާމީ ވުޒާރާއިން މި އިލްމުވެރިޔާގެ އަގު ވަޒަންނުކުރާ ކަން ހާމަވާ ކަމަށް ވެސް އެ މީހުން ދެކެ އެވެ. ޝެއިހަށް ކުރިމަތިވި ހާލަތާއި ގުޅިގެން މީގެ ކުރީން ވެސް އިލްމުވެރީން އެ ވާހަކަ ދައްކާފައިވެ އެވެ. އެ ވާހަކަތަކާއި ގުޅިގެން އުޖާުރައެއް ލިބޭ ގޮތަށް ވާއިޒެެއްގެ މަގާމު ދެއްވާނެ ކަމަށް ބޭފުޅަކު ވިދާޅުވިތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް މިހާތަނަށް އެކަން އަދި ހަމަޖެހިފަ އެއް ނުވެ އެވެ.

"މިފަދަ ކަމެއްގައި ތައުލީމީ ވުޒާރާއަކުން ވެސް އިސްލާމީ ވުޒާރާއަކުން ވެސް ކުރެވޭނެ ކަމެއް ނެތުމީ އަހަރެން މިއަދު ލަދު ގަންނަ ކަމެވެ. އާރާއި ބާރު ދެއްވި ދުވަހު، މިފަދަ ފަރާތްތަކުގެ އަގު ވަޒަންކުރެވޭނެ ގޮތެއްވުމީ އަހަރެންކުރާ އުންމީދެކެވެ," ކަންބޮޑުވުން ފާޅުކޮށް މީހަކު ލިޔެފައިވެ އެވެ.

އެ މީހުން ބުނާ ގޮތުން ކަންކަން ދިމާވެފައިވާ ގޮތާމެދު ދުވަހަކު ވެސް ޝެއިހް ޝަކުވާއެއް ކުރެއްވި އަޑެއް ނާހަ އެވެ. އެކަމަކު އެ މީހުން އެ ޝަކުވާ ކުރަން ބޭނުމެވެ.

އެ ވާހަކަތައް ހިއްސާކޮށް އާންމުކޮށްފައިވާ ޕޯސްޓްތައް ވަރަށް ބޮޑަށް ވަނީ ވައިރަލް ވެފަ އެވެ. އެ މީހުން އުންމީދު ކުރަނީ ދައުވަތުގެ މައިދާނުަގައި ޝެއިހް އެ ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު
29 Sep 2026 ހަބަރު

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

ފާދިއްޕޮޅު ނައިފަރުް ގެއްލުނު ކުއްޖާ ފެނިއްޖެ އެވެ. ގެއްލިގެން ހޯދީ އުމުރުން 17 އަހަރުގެ މުހައްމަދު އަހްޔާން ހުސައިން އެވެ. ފުލުހުން އޭރު ބުނި ގޮތުގައި އަހްޔާން ގެއްލިގެން ނައިފަރު ޕޮލިހަށް ރިޕޯޓުކޮށް...

ނައިފަރުން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި
29 Sep 2026 ހަބަރު

ނައިފަރުން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

ޅ އަތޮޅު ނައިފަރުން ކުޑަކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ. ގެއްލިގެން އެ ރަށުން ހޯދަމުންދަނީ 17 އަހަރުގެ ޅ. ނައިފަރު، ނޫކަނޑު މުހައްމަދު އަހްޔާން ހުސައި...

ނައިފަރަށް ބަނގުރާ އެތެރެކުރި 18 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފި
25 May 2026 ހަބަރު

ނައިފަރަށް ބަނގުރާ އެތެރެކުރި 18 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފި

ޅ. ނައިފަރަށް ބަނގުރާ އެތެރެކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދީފައުވާގޮތުން، ނައިފަރު ޕޮ...

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ނައިފަރުން މީހަކު ހައްޔަރުކޮށްފި
11 May 2026 ހަބަރު

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ނައިފަރުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / ގުލިސްތާނުގެ، ޢާއ...

ނައިފަރު ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތަށް
28 Apr 2026 ހަބަރު

ނައިފަރު ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ޅ. ނައިފަރު ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާ ގާތަަށއ ގޮސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށް...

ނައިފަރު މަގުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް
29 Dec 2025 ހަބަރު

ނައިފަރު މަގުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ޅ. ނައިފަރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ ރޯޑް ޑިވަލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އިން ހިއްސާކޮށްފިއެވެ. އެކްސްގ...