އެފްއެސްއެމުން ނ.މަނަދޫގައި ގާއިމްކުރި ޝެޑުން ހިދުމަތްދޭން ފަށައިފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ނ. މަނަދޫގައި ބިނާކުރި ފިއުލް ސްޓޭޝަނުން މިރޭ ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ތަރައްޤީކުރި އެ ސްޓޭޝަން ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކެވެ. މިރޭ މަނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެ ރަށުގެ ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ.

މި ސްޓޭޝަން ހުޅުވުމާ އެކު މާލެއިން ޑީސަލް ވިއްކާ އަގުގައި މަނަދޫއިން ވެސް މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭނެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް އަތޮޅުތެރޭގެ އިޤްތިޞާދީ ޙަރަކާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
މަނަދޫގެ އިތުރުން ވަށައިގެންވާ ސަރަޙައްދުގެ މަސްވެރިންނާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް ވެސް އެ ސްޓޭޝަނުން އަގުހެޔޮކޮށް ފަސޭހަ ކަމާ އެކު ތެޔޮ ލިބެން ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް