އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކުުރުމާއި ގުޅިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެލްޖީއޭ އިން ވަނީ ކުރު ބަޔާނެއް ނެރެ އެކަން ހާމަކޮށްފަ އެވެ. އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. އިންތިހާބު ފަސްކުރުމަށް ނިންމާފައިވަނީ އިންތިހާބާއި ގުޅިގެން ކުރަން ޖެހޭ މުހިންމު މަސައްކަތްތަކެއް ނިމިފައިނުވާތީ ކަމަށް ވަނީ ބުނެފަ އެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ކުއްލި ގޮތަކަށް ފަސްކުރީ ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓުން ވެސް ކަނޑައަޅާފައިވަނިކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެ ނިންމުމަށް ފާޑުވިދާޅުވެފަ އެވެ. ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ. އަދި ވިދާޅުވީ އެލްޖީއޭގެ އިންތިހާބު ތާރީހަށް ބާއްވަން ޖެހޭ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް