ފުރިހަމައަށް މައުލޫމާތު ހާމަކުރި ދައުލަތުގެ 5 ވަނަ ކުންފުންޔަށް އެމްޑަބްލިއުއެސްސީ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ވެބްސައިޓުގައި ޝާއިޢުކޮށް މާލޭ ވޯޓަރ އެންޑް ސްވްރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ފަސް ވަނައަށް އެ ލަނޑުދަނޑި ހާސިލުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިއްޔެ ނެރުނު ރަސްމީ ބަޔާނެއްގައެވެ.
ދައުލަތުގެ ހުރިހާ އިދާރާތައް ހިމެނޭ ގޮތުން ބަލާއިރު އެ ކުންފުންޏަކީ މި ކަން ފުރިހަމަކުރި 42 ވަނަ އިދާރާއެވެ.
މައުލޫމާތު ހާމަކުރުމުގެ ޤާނޫނު ލާޒިމުކުރަނީ ދައުލަތުގެ ކޮންމެ އިދާރާއެއް ވެސް ވެބްސައިޓް މެދުވެރިކޮށް ރައްޔިތުންނަށް ވީހާ ވެސް ފުޅާ ދާއިރާއެއްގައި މައުލޫމާތު ފޯރުކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް