އެމްޑީޕީ ކޮންގްރެސްގައި ޞާލިޙް ވާހަކަދައްކަވަނީ- ފޮޓޯ/ އެމްޑީޕީ
އެމްޑީޕީ ކޮންގްރެސްގައި ޞާލިޙް ވާހަކަދައްކަވަނީ- ފޮޓޯ/ އެމްޑީޕީ
ހަބަރު 02 Oct 2026 | 02:26

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން ރައީސް ޞާލިޙް: އެފަދަ މަޝްރޫޢުއެއް ކުރިއަށް ދިއުމަށް އެމްޑީޕީ ސަރުކާރެއްގައި ޖާގަވެސް ދީގެން ނުވާނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ (ފުށިދިއްގަރުފަޅު) މަޝްރޫޢަކީ ސިއްރު އެއްބަސްވުމެއްގެ ދަށުން ހިންގާ ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އެ މަޝްރޫޢު ކުރިއަށްގެންދަން އެއްވެސް ޖާގައެއް ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިހާރު އެންމެ ބާރަށް އިވެމުންދަނީ ފުށިދިއްގަރު ފަޅުން ބޮޑު ބައެއް ބޭރުގެ ބަޔަކަށް ހިލޭ ދޫކޮށްލާ ވާހަކަ ކަމަށެވެ. އެގޮތުން ފުށިދިއްގަރު ފަޅުން 1,150 ހެކްޓަރުގެ ބިން ހިއްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހޭދަކޮށްގެން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އޭގެ ތެރެއިން 500 ހެކްޓަރު، މުޅި މާލޭގެ ދެމާލެއެއްވަރު ބޮޑު ބިމެއް ހިލޭ ބޭރުގެ ބަޔަކަށް ދޭ ވާހަކަ އަޅުގަނޑުމެންނަށް މިހާރު މި އަޑުއިވެނީ. ސުވާލަކީ ރައްޔިތުންނަށް މީގެން ވަނީ ކޮން ފައިދާއެއްތޯ؟ ސަރުކާރަށް މީގެން ލިބެނީ ކޯޗެއްތޯ؟"

ރައީސް ޞާލިޙް
އެމްޑީޕީ ކޮންގްރެސްގައި ޞާލިޙް ވާހަކަދައްކަވަނީ- ފޮޓޯ/ ވޮއިސް

ޞާލިޙް ވިދާޅުވީ، އެމްޑީޕީން ފޮރިން އިންވެސްޓްމަންޓްތަކަށް އަދި އުސޫލުގެ ތެރެއިން ރެސިޑެންސް ވިސާ ދިނުމަކަށް ދެކޮޅު ނުހަދާ ކަމަށެވެ. ނަމަވެސް ސުވާލު އުފެދެނީ މި މަޝްރޫޢުގެ ތެރޭގައި ގިނަ ކަންތައްތަކެއް ސިއްރުވެފައި އޮތުމުން ކަމަށާއި، މި ސަރުކާރަށާއި އީގަލް ހިލްސް ކުންފުންޏަށް މިކަމުގެ މައުލޫމާތު ހާމަކުރުމަށް އެމްޑީޕީގެ މި ކޮންގްރެސްއިން ގޮވާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މި ކޮންގްރެސްއިންމި ސަރުކާރަކަށް އީގަލް ހިލްސްއަށް ގޮވާލަންޖެހޭ މައުލޫމާތުތައް ހާމަކުރުމަށް. ސިއްރި އެއްބަސްވުމުގެ ދަށުން ހިންގާ އެއްވެސް ކަމަކަށް އަޅުގަނޑުމެން އާއެކޭއެއް ބުނެގެން ނުވާނެ.އަދި އެފަދަ މަސައްކަތެއް އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރިއަށް ގެންދިއުމަށް ޖާގައެއްވެސް ދީގެން ނުވާނެ.

ރައީސް ޞާލިޙް
އެމްޑީޕީ ކޮންގްރެސްގައި ޞާލިޙް ވާހަކަދައްކަވަނީ- ފޮޓޯ/ ވޮއިސް

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ މި ސަރުކާރުން ކުރާ ކަންކަމަކީ ރަނގަޅު ކަންތައްތަކެއްގެ ގޮތުގައި ދެއްކުމަށްޓަކައި ވ. ފޮއްތެޔޮފަޅު އެ ސަރުކާރުން ހިލޭ ދޫކޮށްލި ކަމަށް ބުނެ ވަޒީރަކު ވާހަކަދެއްކެވި ކަމަށެވެ. އެއަށް ރައްދުދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ސަރުކާރަށް 43 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި އިންވެސްޓަރުގެ އަމިއްލަ ޚަރަދުގައި ބިން ހިއްކައިގެން އެތަނުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ހަވާލުކުރީ، ރާއްޖޭގެ ކޮންމެ އަތޮޅަކަށް ވައިގެ މަގުން ދަތުރުކުރެވޭނެ ނިޒާމު ފުރިހަމަކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ނ. އަތޮޅުން އެމަނިކުފާނުގެ ސަރުކާރުގައި ފަޅެއް ދޫކުރީ އެޑްވާންސްގެ ގޮތުގައި ދައުލަތަށް 27 މިލިއަން ޑޮލަރު ލިބޭ ގޮތަށް ކަމަށާއި، ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެ ޕްރޮޖެކްޓް އެސްއީޒެޑް (ސްޕެޝަލް އިކޮނޮމިކް ޒޯން) ގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ޞާލިޙް ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ޓޫރިޒަމް ޤާނޫނުގެ ދަށުން ދައުލަތަށް ލިބެން އޮތް ބޮޑު އާމްދަނީ ގެއްލި، ހުރިހާ ޓެކްސްތަކަކުން ލުއިދީގެން ދައުލަތަށް ލިބެން އޮތް އެތައް ފައިސާއެއް މި ސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ވިދާޅުވެ ރައީސް ޞާލިޙް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.