ހަސަން ލަތީފު
ހަސަން ލަތީފު
ހަބަރު 21 Jun 2026 | 11:54

”ބޮޑު ބަދަލު" އޮފީސް އުފައްދައިފި، ވެރިއަކީ ހަސަން ލަތީފް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ "ބޮޑު ބަދަލު" އޮފީސް އެ ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައި މިއަދު އުފައްދައިފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި އޮފީހަކީ 2026 ވަނަ އަހަރު ބޭއްވުނު އެ ޕާޓީގެ 4 ވަނަ ދައުރުގެ 35 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ހުށަހަޅުއްވައި، މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ނިންމުމަކަށް އަމަލުކުރުމުގެ ގޮތުން ގާއިމުކުރި އޮފީހެއް ކަމަށެވެ.

މި އޮފީހުގެ އެންމެ އިސްވެރިއެއްގެ ގޮތުން "ޑައިރެކްޓަރ ޖެނެރަލް" ގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޙަސަން ލަޠީފެވެ.

"ބޮޑު ބަދަލު" އަކީ ކުރީގެ ރައީސް އަދި މިހާރު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިސްވެ ތިއްބަވައިގެން އެކުލަވާލާފައިވާ މެނިފެސްޓޯއެކެވެ.

އެ މެނިފެސްޓޯގެ ދަށުން ގާނޫނު އަސާސީ އަށާއި ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ވަނީ ހުށަހަޅާފައެވެ. އެ ގޮތުން ދައުލަތާއި ސަރުކާރު ވަކިކުރުން ހިމެނެއެވެ.

އެމްޑީޕީ ޗެއާޕާސަން ކަމުގެ ކެންޕެއިން ވެސް ރައީސް ނަޝީދު ކުރެއްވީ "ބޮޑު ބަދަލު" ސްލޯގަންގެ ދަށުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދިޔަ އިމާރާތެއްގެ ބައެއް ވެއްޓިއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދިޔަ އިމާރާތެއްގެ ބައެއް ވެއްޓިއްޖެ

ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ އިމާރާތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ޕޭމަންޓް މަތީގައި ބަހައްޓާފައި ހުރި ބައެއް ވަނީ އެތަނަށް ވެއްޓިފައެވެ. އަދި އެ ވީޑިއޯގައި މީހަކަށް އަނިޔާވެގެން ބިންމަތީގައި ހުރި މަންޒަރުވެސް ފެނެއެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް
22 Nov 2026 ހަބަރު

ބޮޑު ބަދަލާއި ދެކޮޅު "ޓީމް އެމްޑީޕީ" ކެންޑިޑޭޓުންނާއެކު ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް

މި އިންތިހާބަކީ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމާއި ރިޔާސީ ޓިކެޓް ކަށަވަރު ކުރުމަށް ދެ ފެކްޝަނަށްވެސް ވަރަށް މުހިންމު އިންތިހާބެކެވެ.

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު
21 Nov 2026 ހަބަރު

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފުށިދިއްގަރުފަޅުގައި ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ނުލިބި، އެކަން ދެފުށް ނުފެންނަ ގޮތަށް ހިނގަމުންދިއުމެވެ

ޓަކާ ޓަކާ ގޮވައިގެން އާންމުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ކަމެއް: ރައީސް ނަޝީދު
19 Nov 2026 ހަބަރު

ޓަކާ ޓަކާ ގޮވައިގެން އާންމުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ކަމެއް: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ތަރައްޤީކުރުމަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން އަޑުއުފުލަމުންދާތީ، އެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.