ޙައްޖު ކޯޕަރޭޝަންގެ އެމްޑީ އަކަށް ފިރުޒުލް އައްޔަނުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް، މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލް އައްޔަނުކޮށްފިއެވެ.
ފިރުޒުލް އެމަގާމަށް އައްޔަނުކޮށްފައިވަނީ މިއަދުއެވެ.
ފިރުޒުލް އަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީ އިން ޝަރީޢާ އެންޑް ލޯ ގެ ދާއިރާ އިން ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ފިރުޒުލް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޤާލީ ކޮމިޓީގެ ތަރުޖަމާނުގެ މަގާމު ފުރުއްވާފައެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ފެށުމާ އެކު ފިރުޒުލް ވަނީ ރައީސް އޮފީހުގެ އަންޑާ ސެކެޓެރީ ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ގެ މަޤާމު އަދާކުރައްވާފައެވެ.
ފިރުޒުލް މި މަޤާމާ ހަވާލުވެވަޑައިގެންނެވީ ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު ޝަކީލް އެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޝަކީލް ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމުން އިސްތިޢުފާ ދެއްވީ އިލެކްޝަންސް ކޮމިޝަނަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް