އީރާނުގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ނުވަ މީހުން މަރުވެއްޖެ!
އީރާނުގެ ރަޝްތު ސިޓީގެ ހޮސްޕިޓަލެއްގެ ބިންގަރާހުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ބަލި މީހުންތަކެއް މަރުވެއްޖެއެވެ.
އެ ސަރަހައްދުގެ ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ، އިންޓެންސިވް ކެއަރ ޔުނިޓުގައި ތިބި ހަ އަންހެނުންނާއި ތިން ފިރިހެނުންނެވެ.
މިހާރު އެ ފެސިލިޓީގައި ތިބި ހުރިހާ ބަލިމީހުން ވެސް ވަނީ އެތަނުން ބޭރަށް ނެރެފަ އެވެ. އެގޮތުން ފަޔާފައިޓަރުން ކުރި މަސައްކަތުން، ވަނީ ގާތްގަނޑަކަށް 140 ބަލިމީހުން ސަލާމަތްކޮށްފައެވެ.
ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، އަލިފާން ރޯވެފައިވަނީ ހޮސްޕިޓަލުގެ ބިމުގެ އަޑީގައި ހުރި ކޮޓަރިއެއްގައެވެ. އަދި އެތަނުގައި އެމަޖެންސީ ކަރަންޓް ޖަނަރޭޓަރުތައް ހުރި ކަމަށްވެސް އީރާނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު ދަނީ ތަޙްޤީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް