ރައީސްގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރުގަައި
ރައީސްގެ ދެކަނބަލުން ތެލެސީމިއާ ސެންޓަރުގަައި
ހަބަރު 30 Sep 2026 | 19:51

ތެލެސީމިއާ ކުދީންގެ އެލަވަންސްއަށް މަހަކު މިލިއަނެއް, 500 ކުދީންނަށް އެލަވަންސް

ތެލެސީމިއާގެ ހާލަތު ތަހައްމަލުކުރަމުންދާ ކުދިންނަށް ދައުލަތުން ދެމުން އަންނަ މާލީ އިނާޔަތް މަހަކު 2،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު މިހާރު 500 އަށް ވުރެ ގިނަ ކުދިންނަށް މި އެލަވަންސް ލިބެމުންދާ ކަމަށް ސިއްހަތާއި، އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ވަޒީރު ވިދާޅުވީ، ތެލެސީމިއާ ތަހައްމަލުކުރާ ފަރާތްތަކަށް ހާއްސަ އެލަވަންސެއް ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއް ކަމުން 1 ޖަނަވަރީ 2026 އިން ފެށިގެން ތެލެސީމިއާ ކުދީންނަށް މާލީ އިނާޔަތުގެ ގޮތުގައި 1،000 ރުފިޔާ ދޭން ފެށުނު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ނިންމެވުމުގެ ދަށުން އެ އަދަދު މިހާރު ވަނީ 2،000 ރުފިޔާއަށް ބޮޑުކޮށްދެއްވާފައި ކަމަށެވެ.

އަދި މި ބަދަލާއެކު ރާއްޖޭގައި ތިބި 500 އަށް ވުރެ ގިނަ ތެލެސީމިއާ ކުދިންނަށް މި އެލަވަންސް ގަވާއިދުން ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކުގެ ޙާލަތު ރަނގަޅުކޮށް، އެކުދިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މި ސަރުކާރުން އަންނަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން ކަމަށާ މިގޮތުން، މި ބައްޔަށް ދާއިމީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ޒަކާތު ފަންޑުގެ އެހީގައި މިހާތަނަށް 28 ކުއްޖަކު ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައި ކަމަށް ވަޒީރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކޮންމެ އަހަރަކު 10 ކުއްޖަކަށް ބޯންމެރޯ ހެދުމަށް ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުނުވާނެހެން އަހަރަކު ޖުމްލަ 10 މިލިއަން ރުފިޔާ ސަރުކާރުން އަންނަނީ ހަރަދުކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ޑަބްލިއުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ރާއްޖެއިން ޑރ. ޖަމްޝީދުގެ ނަން ހުށަހަޅައިފި
18 Nov 2026 ހަބަރު

ޑަބްލިއުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ރާއްޖެއިން ޑރ. ޖަމްޝީދުގެ ނަން ހުށަހަޅައިފި

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް، ރާއްޖޭގެ ފަރާތުން ޑރ. އަހުމަދު ޖަމްޝީދު މުހައްމަދުގެ ނަން ހުށަހަޅައިފިއެވެ.