ތިލަމާލެ ބްރިޖުގެ އޮނިގަނޑުގެ އެންމެ ފަހުބައި ގުޅުވާލުމުގެ މަސައްކަތް ނިމުމަކަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިހާރު ކުރިއަށްދާ ތިލަމާލެ ބްރިޖް މަޝްރޫއުގައި މާާލެއާ ވިލިމާލެ ގުޅުވައިދޭ މައި އޮނިގަނޑުގެ މަސައްކަތުގެ އެންމެ ފަހު ބައި ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެންމެ ފަހު ބައި ގުޅާލުމުގެ މަސައްކަތް މިއަދު ހެނދުނު ފެށިއިރު އެބައި ގުޅާލުމުގެ މަސައްކަތް ނިމުމުން އޮނިގަނޑު ގުޅުވާލުމުގެ ބައި މުޅިން ނިމުމަކަށް އައީއެވެ. ބްރިޖް މަސައްކަތް ކުރިއަށްގެންދާ އެފްކޮންސްއިން ބުނީ އެންމެ ފަހުބައި ގުޅުވާލުމުގެ މަސައްކަތް ނިމުމަށްފަހު ދެން ކުރިއަށްދާނީ ބްރިޖްގެ ފިނިޝިންކަމަށެވެ. އެންމެފަހުބައި ގުޅުވާލުމުގެ މަސައްކަތް މިއަދަށް ނިންމުމަށް ވަނީ ތާވަލްކޮށްފައެވެ.

ބްރިޖްގެ އޮނިގަނޑު އެއްކޮށް ގުޅުވާލުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް މިއަދު ނިމިގެންދިޔަ ނަމަވެސް ބްރިޖު މުޅީން ނިންމާ ބޭނުންކުރަން އަދިވެސް މަސްތަކެއް ހޭދަވާނެ ކަމަށް ބެލެވެ އެވެ. ތިލަމާލެ ބްރިޖް މަޝްރޫޢުއަށް ބަލާއިރު، ބްރިޖް މަޝްރޫޢު މުޅިން ނިންމާލެވޭ ވަރުވާނީ، އަންނަ އަހަރުކަމަށް މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫއުގައި މާލެއިން ގުޅީފަޅަށް އަޅާ ބްރިޖުގެ މަސައްކަތް ނިމޭ ތާރީހަކަށް މީގެ ކުރިން ދީފައި އޮތީ 31 މާޗް 2026 އެވެ. އަދި ގުޅީފަޅުން ތިލަފުއްޓަށް އެ މަސައްކަތް ނިމޭނެ ތާރީހަކަށް ދީފައި އޮތީ 30 ސެޕްޓެމްބަރ 2026 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް