ދިވެހިރާއްޖޭގެ ފަސްޓް ލޭޑީ، ސާޖިދާ މުހައްމަދު
ދިވެހިރާއްޖޭގެ ފަސްޓް ލޭޑީ، ސާޖިދާ މުހައްމަދު
ހަބަރު 21 Mar 2026 | 13:02

ދުނިޔޭގައި އުޅޭ ކޮންމެ މީހަކީވެސް ދިރިއުޅުން ތަފާތު ގޮތަކަށް ތަޖުރިބާކުރާނެ މީހެއް: މެޑަމް ސާޖިދާ

ދުނިޔޭގައި އުޅޭ ކޮންމެ މީހަކީވެސް ދިރިއުޅުން ތަފާތު ގޮތަކަށް ތަޖުރިބާކުރާނެ މީހެއްކަމަށާއި، އެ ތަފާތަކީ އެމީހެއްގެ ބަލިކަށިކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން އެކަމަނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންސާނުންގެ މެދުގައި ހުންނަ މިފަދަ ތަފާތުތަކަކީ ދުނިޔޭގެ ރީތިކަން އިތުރުކޮށްދޭ މުހިންމު ބައެއް ކަމަށެވެ.

މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް މުޖްތަމަޢުގެ ތެރޭގައި ގިނަ ފަހަރަށް ބާކީވުމާއި އެކަހެރިކަމުގެ ހިތްދަތި އިޙްސާސްތަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް، އެފަދަ ގޮންޖެހުންތަކާ އެކުވެސް އެފަރާތްތަކަކީ އިންތިހާއަށް ލޯތްބާއި، އޯގާތެރިކަމާއި، އަދި ކަންކަމުގައި ސާބިތުކަން ދައްކުވައިދޭ ނަމޫނާ ބައެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރާއިރު، ކޮންމެ މީހަކަށްމެ އެމީހެއްގެ އަގު ވަޒަންކުރެވޭ، އަދި އެންމެން ބައިވެރިކުރެވޭ ފަދަ މާޙައުލެއް ބިނާކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. މުޖްތަމަޢުގެ ތެރޭގައި އެއްވެސް މީހަކީ 'ފެންނަން ނެތް' ނުވަތަ އަޅައިނުލާ ދޫކޮށްލެވިފައިވާ މީހެއް ކަމުގެ އިޙްސާސް ނުކުރެވޭ ފަދަ އިންސާފުވެރި މާޙައުލެއް ޤާއިމުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ.

އަޅުގަނޑުމެން އެކަކު އަނެކަކަށް ކަންތައް ކުރާ ގޮތާމެދު މިއަށްވުރެ ބޮޑަށް ހޭލުންތެރިވެ، އޯގާތެރިކަން އިސްކުރުމަކީ މިއަދު ކުރަންޖެހިފައިވާ މަސައްކަތެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް، ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް މުޖްތަމަޢުގެ ތެރެއިން ލިބެންޖެހޭ ފުރިހަމަ ޖާގަ ހޯދައިދިނުމުގައި، ކޮންމެ ފަރުދަކުވެސް މިއަށްވުރެ ބޮޑަށް އިސްނަގައިގެން މަސައްކަތްކުރަންޖެހޭ ކަމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލެއްވީ ވަރަށް މުހިންމު ނުކުތާއަކަށް އަލިއަޅުއްވާލައްވަމުންނެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، މުޖްތަމަޢުގެ ތެރޭގައި ބައިވެރިވުމާއި، އެ މުޖްތަމަޢުގެ ބައެއްގެ ގޮތުގައި ބަލައިގަތުމަކީ ކޮންމެ އިންސާނަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެކެވެ. އެހެންކަމުން، އެ ޙައްޤު އެންމެންނަށް ކަށަވަރުކޮށްދިނުމަކީ ހަމަހަމަ މުޖްތަމަޢެއް ބިނާކުރުމުގެ ބިންގަލެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދިޔަ އިމާރާތެއްގެ ބައެއް ވެއްޓިއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދިޔަ އިމާރާތެއްގެ ބައެއް ވެއްޓިއްޖެ

ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ އިމާރާތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ޕޭމަންޓް މަތީގައި ބަހައްޓާފައި ހުރި ބައެއް ވަނީ އެތަނަށް ވެއްޓިފައެވެ. އަދި އެ ވީޑިއޯގައި މީހަކަށް އަނިޔާވެގެން ބިންމަތީގައި ހުރި މަންޒަރުވެސް ފެނެއެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

އަންތާލިޔާ ލީޑާރސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
11 Nov 2026 ހަބަރު

އަންތާލިޔާ ލީޑާރސް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ސަމިޓުގެ ފެށުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، ގައުމުތަކުގެ އިސްވެރިންނާއި ސަރުކާރުތަކުގެ ވެރިންނާއެކު ނެންގެވި ރަސްމީ އާއިލީ ފޮޓޯގައި ބައިވެރިވެވަޑައިގެންފައެވެ

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި
05 Nov 2026 ހަބަރު

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މި ރަސްމިއްޔާތު ބޭއްވިގެންދިޔައީ މިއަދު އައިޔޫއެމްގައެވެ.

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.