އައިޖީއެމްއެޗްގެ އާ ސީއީއޯއަކަށް ބަންދު އިބްރާހިމް ސަލީމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މަގާމަށް ބަންދު އިބްރާހިމް ސަލީމް (ކުޑަބަންދޭ) އައްޔަންކުރައްވައިފިއެވެ.
ބަންދު އިބްރާހިމް ސަލީމް އެ މަގާމަށް އައްޔަންކޮށްފައިވަނީ އިއްޔެއެވެ. އެބޭފުޅާ މަގާމަށް އައްޔަންކުރިކަން އެ ހޮސްޕިޓަލުންވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.
އިއްޔެއާއި ހަމައަށް އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުގައި ހުންނެވީ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރެވެ.
ބަންދު ސަލީމަކީ މީގެ ކުރިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ ޗެއާމަންކަން ކުރެއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް