ދަރިންނަށް ޚަރަދު ނުދޭ މީހެއް ޖަލަށްލައި ފޮޓޯ އާއްމު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދަރިފުޅަށް ދޭންޖެހޭ ސާބިތު ޚަރަދު ގަވާއިދުން ދައްކަމުން ނުދާ މީހެއްގެ ފޮޓޯ ނ. ލަންދޫ ކޯޓުން އާއްމުކޮށްފިއެވެ.
އެގޮތުން އެ ކޯޓުން އާއްމު ކުރީ، ކ. ކާށިދޫ ހެޕީނައިޓް، އަހުމަދު އަންވަރުގެ ފޮޓޯއެވެ. ލަންދޫ ކޯޓުން ބުނީ އެ ފޮޓޯ އާއްމު ކުރީ ޢާއިލާއާބެހޭ ގަވާއިދަށް ރިޢާޔަތްކޮށް ކަމަށެވެ.
ލަންދޫ ކޯޓުން ބުނީ، މައްސަލައިގެ ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އެމީހާ ދެމަސް ދުވަހަށް ޖަލުގައި ބަންދުކުރެވިފައިވާ ކަމަށެވެ.
ދާދިފަހުން ރަސްދޫ ކޯޓުންވެސް ވަނީ ދަރިންނަށް ޚަރަދު ނުދޭ ބައްޕައެއްގެ ފޮޓޯ އާއްމުކޮށްފައެވެ.
ދަރިންނަށް ދޭންޖެހޭ ޚަރަދު ނުދީ ހިފަހައްޓާ ފަރާތްތަކުގެ ނަން ހާމަކުރުމަށް ފެމިލީ ކޯޓުން ނިންމީ 2018 ވަނަ އަހަރުއެވެ.
ނަމަވެސް އެ ކޯޓުން އެކަން ކުރުމުގެ ކުރީން، ޅ. ހިންނަވަރު ކޯޓުން އެކަން ވަނީ ފަށާފައެވެ. މިހާރު ފެމިލީ ކޯޓުންވެސް މަދު މަދުން ޚަރަދު ނުދޭ މީހުންގެ ނަން އާއްމު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް