ފަހުމީ ވ.ރަކީދޫ އަށް ވަޑައިގަނެ، ސްޓެލްކޯއިން ދެމުންގެންދާ ޚިދުމަތްތައް ބައްލަވައިފި!
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވ.ރަކީދޫ އަށް ވަޑައިގަނެ، ސްޓެލްކޯއިން ރަކީދޫ އަށް ދެމުންގެންދާ ޚިދުމަތްތައް ބައްލަވައިފިއެވެ.
މިއަދު ކުރެއްވެވި ދަތުރުފުޅުގައި ހުސައިން ފަހުމީ އާއި ކުންފުނީގެ އިސްވެރިން ވަނީ ރަކީދޫގައި އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ބައްލަވާލައްވާ، އެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމާއި ގުޅޭ ގޮތުން ރަކީދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން މި ކުންފުނީގެ މުވައްޒަފުންނާއި ބައްދަލު ކުރުމަށް މަޝްވަރާ ކުރައްވާފައެވެ.
އަދިހަމައެއާ އެކު، ރަކީދޫގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައި ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައްވެސް އޮޅުންފިލުއްވިއެވެ.
މިފަދަ މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު، ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ފެނިލައްވަނީ ވަރަށްވެސް ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް