ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް 1200 ކިލޯވޮޓްގެ އައު ޖެންސެޓެއް ގެންގޮސްފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ހދ. ހަނިމާދޫގައި ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމުގެ ގޮތުން 1200 ކިލޯވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.
ފެނަކައިން ބުނީ މި ޖެންސެޓް ގެންދިޔައީ ހަނިމާދޫގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި އިތުބާރު ހިފޭ ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
މީގެ ކުރިން ހަނިމާދޫ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަމަކީ 3500 ކިލޯވޮޓެވެ. އަލަށް ގެންދިޔަ ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމުން އެ ޢަދަދު 4400 ކިލޯވޮޓަށް އިތުރުވެގެންދާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
މި ޖެންސެޓް އޮޕަރޭޝަނަށް ގެނައުމާ އެކު ޕީކް ގަޑިތަކުގައި ލޯޑު ބޮޑުވެގެން ދިމާވާ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް