އެމެރިކާގައި ކިޔަވާ ދަރިވަރުން: ފޮޓޯ/ ބީބީސީ
އެމެރިކާގައި ކިޔަވާ ދަރިވަރުން: ފޮޓޯ/ ބީބީސީ
ދުނިޔެ 27 Apr 2025 | 10:02

ފާޑުކިޔުންތައް އަމާޒުވެ، ޓްރަމްޕްގެ އިދާރާއިން ވިސާ ކެންސަލްކުރި ބޭރު ދަރިވަރުންގެ ވިސާ އަނބުރާ ދޫކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޓްރަމްޕް އިދާރާއިން 1000 އަށްވުރެ ގިނަ ބޭރުގެ ދަރިވަރުންގެ ވިސާ ބާތިލުކުރުމަށް ނިންމި ނިންމުމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ފިއްތުންތަކާއެކު، އެ ނިންމުން އަނބުރާ ގެނެސްފިއެވެ.

މި ނިންމުމަކީ އެމެރިކާގެ ޔުނިވަރސިޓީތަކުގައި ބިރުވެރިކަން އުފެދި، ޤާނޫނީ ގޮންޖެހުންތަކެއް ކުރިމަތިވި ނިންމުމަކަށް ވެގެންދިޔައެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ވަކީލު އެލިޒަބެތް ކަރްލަން ފެޑެރަލް ކޯޓަކަށް މަޢުލޫމާތު ދެއްވި ގޮތުގައި، އިމިގްރޭޝަން އޮތޯރިޓީތަކުން މިހާރު ވަނީ ބައިނަލްއަޤްވާމީ ދަރިވަރުންގެ ވިސާ މުރާޖަޢާކޮށް ބާތިލުކުރުމަށް އައު އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.

މި އިޢުލާނު ކުރެވުނީ ކުއްލިއަކަށް އެމެރިކާގައި ކިޔެވުމުގެ ޤާނޫނީ ޙައްޤު ގެއްލުނު ދަރިވަރުންގެ ފަރާތުން 100 އަށްވުރެ ގިނަ މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހުގައެވެ.

އިންސައިޑް ހަޔަރ އެޑްގެ ހިސާބުތަކުން ދައްކާ ގޮތުގައި މި ނިންމުމުގެ ސަބަބުން ގާތްގަނޑަކަށް 1،800 ދަރިވަރުންނާއި 280 ޔުނިވަރސިޓީއަށް އަސަރުކުރިއެވެ.

މި ވިސާ ބާތިލުކުރުމުގެ ސިޔާސަތުގެ ސަބަބުން މަތީ ތަޢުލީމުގެ ދާއިރާގައި ބިރުވެރިކަމާއި އޮޅުންބޮޅުން އުފެދުނެވެ. އަދި ބަންދުކުރުމާއި އަނބުރާ ފޮނުވާލުމުގެ ބިރުން ބައެއް ދަރިވަރުން އެމެރިކާ ދޫކޮށް ފުރައިގެން ދިޔައެވެ.

ހުކުރު ދުވަހު ބޭއްވުނު ފެޑެރަލް ކޯޓުގެ އަޑުއެހުމެއްގައި ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވަނީ ނިންމުން ބާތިލް ކުރުމުން، ދަރިވަރުންގެ ރެކޯޑުތައް ސްޓޫޑެންޓް އެންޑް އެކްސްޗޭންޖް ވިޒިޓަރ އިންފޮމޭޝަން ސިސްޓަމް (ސެވިސް) ގައި އަލުން ރީސްޓޯކުރެވޭނެ ކަމަށެވެ. މިއީ ބޭރު ދަރިވަރުންގެ ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލާ ސަރުކާރުގެ ޑޭޓާބޭސްއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން
07 Oct 2026 ދުނިޔެ

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން

ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކ...

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން
04 Oct 2026 ދުނިޔެ

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން

އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ޤައިދީއެއް ކަމަށްވާ ކްރިސްޓާ ޕައިކްގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާ...

ހަނގުރާމައިގެ ކުރިމަގާ ބެހޭ ދިރާސާއެއް ހެދުމަށް މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް
02 Oct 2026 ދުނިޔެ

ހަނގުރާމައިގެ ކުރިމަގާ ބެހޭ ދިރާސާއެއް ހެދުމަށް މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް

ދުނިޔޭގެ މަޝްހޫރު ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ރަސްމީކޮށް ލަފާއެރުވުމުގެ މަސައްކަތަށް އަލުން އެނބުރި އަތުވެއްޖެއެވެ. މަސްކް މިފަހަރު ހަވާލުވީ އެމެރިކާގެ ޕ...

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި
01 Oct 2026 ދުނިޔެ

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި

އެމެރިކާގެ ޓެނެސީ ސްޓޭޓްގައި މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައިވާ އުމުރުން 50 އަހަރުގެ ކްރިސްޓާ ޕައިކްއަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުން ވެސް އޭނާ މަރުނު...

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި
30 Sep 2026 ދުނިޔެ

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި

އެމެރިކާ އާއި އިނގިރޭސި ސިފައިން އިރާގްގައި ގާއިމްވެ ތިބޭތާ 12 އަހަރުފަހުން އެޤައުމު ދޫކޮށް ގޮސްފިއެވެ. އުތުރު ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދުގެ އިރުބީލުގައި ތިބި އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 100 ...