ރަޝިއާގެ ކަމްޗަޓްކާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރަޝިއާގެ އިރުމަތީ ސަރަހައްދަށް މިއަދު 7.4 މެގްނިޓިއުޑް ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ބިންހެލުން އައިސްފައިވަނީ ރަޝިއާގެ އިރުމަތީ ސަރަހައްދެއްކަމަށްވާ ކަމްޗަޓްކާގެ ޕެޓްރޯޕަވްލޮވްސް ކައިރިއަށެވެ. ބައެއް މީޑިއާތަކުން ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ ޕެޓްރޯޕަވްލޮވްސްކް އާ 111 ކިލޯމީޓަރު ދުރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު އަޑިންނެވެ.
ބިންހެލުމާ ގުޅިގެން ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތްކަމަށް ބުނެފައެވެ. ކަމަޗަޓްކާ ސަރަހައްދަކީ އާއްމުކޮށް ބިންހެލުން އަންނަ ހިސާބެކެވެ. އެގޮތުން މިއަހަރުގެ ޖުލައިމަހު އެ ސަރަހައްދަށް އައި ބިންހެލުމުގައި ރަޗިއާ އަދި ޖަޕާނުގެ އައްސޭރިފަށުގެ ރަށްތަކަށް ސުނާމީ އަރައި އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެފަހަރު ބިންހެލުން އައިސްފައިވަނީ 8.8 މެގްނެޓިއުޑް ބާރުމިނުގައެވެ.

އެ ބިންހެލުމާ ގުޅިގެން އެމެރިކާގެ އައްސޭރިފަށުގެ ރަށްތަކަށްވެސް އެފަހަރު ވަނީ ސުނާމީ އަރާފާނެކަމުގެ އިންޒާރު ނެރެފައެވެ. ނަމަވެސް މިފަހަރު އައި ބިންހެލުމާ ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތްކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސެންޓަރުންވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް