ރ.އަތޮޅުގެ ރިސޯޓެއް ފޮޓޯ: ޓްރިޕް އެޑްވައިޒާ
ރ.އަތޮޅުގެ ރިސޯޓެއް ފޮޓޯ: ޓްރިޕް އެޑްވައިޒާ
ހަބަރު 27 Sep 2026 | 15:36

ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ

ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖު ދިވެހި ރުފިޔާއަށް މާރުކޮށްގެން ދިނުން ހުއްޓުވުމަށް ހުށަހަޅާފައިވާ ބިލް ކޮމިޓީ މަރުހަލާގައި ލަސްވާތީ އެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ރައީސަށް ސިޓީއަކުން އެދިވަޑައިގެންފިއެވެ.

މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު (ކުޑޫ) މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވަނީ ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ދެމުންދަނީ ރުފިޔާއިން ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ އެތައް މުވައްޒަފުންނަކަށް ލިބެންޖެހޭ ޙައްޤު ފުރިހަމައަށް ނުލިބޭ ކަމަށެވެ. އެހެންވެ ވީ އެންމެ އަވަހަކަށް ކޮމިޓީ މަރުހަލާ ނިންމައި ތަޅުމުން ގޮތެއް ކަނޑައެޅުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މި ބިލުގައި އައުޓްސޯސް ކޮށްގެން ޚިދުމަތް ދޭ ތަންތަނުގެ މުވައްޒަފުންނާ ގުޅޭ މާއްދާއެއް ވެސް ހިމެނެއެވެ. އެގޮތުން ރިސޯޓާއި ގެސްޓް ހައުސް އަދި ހޮޓާތަކުގައި އެހެން ކުންފުންޏެއް މެދުވެރިކޮށް ފަތުރުވެރިންނަށް ސީދާ ޚިދުމަތް ދޭ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ލިބެންޖެހޭ ގޮތަށް ހެދުމަށް ބިލުގައި ހުށަހަޅާފައިވެއެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ވޯޓާ ސްޕޯޓްސް ޑައިވް ސެންޓަރު އަދި ސުވެނިއާ ފިހާރަ ފަދަ ތަންތަން ހިންގުމަށް ތިންވަނަ ފަރާތްތަކާ ހަވާލުކުރުމަކީ ޢާންމު ކަމެކެވެ. އެފަދަ ތަންތަނުގެ މުވައްޒަފުންނަށް މިހާރު ރިސޯޓުގެ ސާވިސް ޗާޖެއް ނުލިބެއެވެ.

މި ބިލުގެ ބޭނުމެއް ކަމަށް މައުރޫފް ވިދާޅުވެފައިވަނީ ބޭރު ފައިސާއިން ނަގާ ސާވިސް ޗާޖު ރުފިޔާއަށް މާރުކޮށްގެން ބެހުމުން މުވައްޒަފުންނަށް ލިބެންޖެހޭ ފައިދާ ގެއްލޭތީ އެ ޙައްޤު ފުރިހަމައަށް ކަށަވަރުކޮށްދިނުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.