އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަން ކުރުމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއެކު އެ މަގާމަށް މިއަދު އައްޔަނުކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަކީލް އީސީގެ ރައީސް ކަމަށް އައްޔަންކުރަން ފެންނަ ކަމަށް 51 މެމްބަރުން ވޯޓުދީފައިވާއިރު ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދީފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
އީސީގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒާހިދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއާއެކު އީސީގެ މެންބަރު ކަމުގެ މަގާމަށް ހުޅުވާލާފައިވާއިރު، ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް ޚިޔާރު ކުރެއްވީ ޝަކީލްއެވެ.
ޝަކީލް އީސީގެ މެންބަރު ކަމުގެ މަޤާމަށް އައްޔަނު ކުރެއްވީ މިމަހު 24 ވަނަ ދުވަހުއެވެ. ޝަކީލް މީގެކުރިންވެސް ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު އަދާކުރައްވާފަ އެވެ.
އީސީގެ މެންބަރުންގެ ގޮތުގައި ޝަކީލްގެ އިތުރުން މިހާރު ތިބީ:
ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު - ކޮމިޝަންގެ ނައިބު ރައީސް
ޙަސަން ޒަކަރިއްޔާ - ކޮމިޝަންގެ މެންބަރު
ޢަބްދުލްޙަސީބު އިސްމާޢީލް - ކޮމިޝަންގެ މެންބަރު
ރިފްޢަތު ޢަބްދުالله - ކޮމިޝަންގެ މެންބަރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް