20 އަހަރުގެ ޚިދުމަތަށްފަހު، ފަނޑިޔާރު އިބްރާހީމް މާހިރު ރިޓަޔާ ކުރައްވަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
20 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެކި ކޯޓުތަކުގައި ޚިދުމަތް ކުރެއްވުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު ފަނޑިޔާރުކަމުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގަތުމަށް ނިންމަވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މާހިރު ހުށަހެޅުއްވި ރިޓަޔަމަންޓުގެ ހުށަހެޅުއްވުން ޤަބޫލުކޮށްފައެވެ. އެ ނިންމެވުމާ އެކު އަންނަ މަހުގެ ތެރޭގައި މާހިރު މަޤާމުން ވަކިވެވަޑައިގަންނަވާނެއެވެ.
ފަނޑިޔާރުކަމުން ވަކިވެވަޑައިގަތުމަށް މާހިރު ނިންމެވި ވަކި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ފަނޑިޔާރު މާހިރު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 2005 ވަނަ އަހަރުގެ ނޮވެމްބަރު ނުވައެއްގައި އޭރުގެ މަދަނީ ކޯޓަށެވެ. އެ ކޯޓުގައި ޚިދުމަތް ކުރެއްވުމަށް ފަހު 2010 ވަނަ އަހަރުގެ މެއި 23 ގައި ފެމިލީ ކޯޓަށް ބަދަލުވެވަޑައިގެންނެވިއެވެ.
ފެމިލީ ކޯޓުގެ އިސް ޤާޒީގެ މަޤާމު އޮކްޓޫބަރު 13 2022 ގައި ލިބިވަޑައިގެންނެވި އިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް