ކަރަންޓްގައި ޖެހުނު ކުއްޖާ ވެންޓިލޭޓަރުން ނަގައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ލ.ގަމުގައި ކަރަންޓްގައި ޖެހުމުގެ ސަބަބުން ހާލު ދެރަވެ ވެންޓިލޭޓަރަށް ލީ ކުއްޖާ، ވެންޓިލޭޓަރުން ނަގައިފިއެވެ.
އައިޖީއެމްއެޗުން ބުނެފައިވަނީ އެކުއްޖާ ވެންޓިލޭޓަރުން ނެގި ނަމަވެސް އަދިވެސް ފަރުވާދެމުންދަނީ އައިސީޔޫގައި ބާއްވައިގެން ކަމަށެވެ. އެ ކުއްޖާ ވެންޓިލޭޓަރުން ނަގާފައިވަނީ މިއަދެވެ.
އީދު ފާހަގަކުރުމަށް ތައްޔާރުވުމުގެ ތެރެއިން ކަރަންޓްގައި ޖެހުނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ހާދިސާ ހިނގާފައިވަނީ މަގުމަތީގައި ހުރި ކަރަންޓް ފޮއްޓަކުން ކަރަންޓް ނަގަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި ކުއްޖާގެ ހަށިގަނޑުގެ ބައެއް ފިހިފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ.
ކުއްޖާ ކަރަންޓްގައި ޖެހުމާއެކު އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުންނެވެ. ނަމަވެސް ފަހުން ކުއްޖާ ވަނީ ޖެހިގެން އައިދުވަހު އައިޖީއެމްއެޗަށް ގެނެސް ފަރުވާދޭން ފަށާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް